އައު އަހަރުގެ ފެށުމާއި ހަމައިން ދުނިޔާއް ކުރިމަތިވި ކޮވިޑް 19 ގެ ނިރައްކަލާއި އެއްކޮއް ކިޔެވުމުގެ މަރްޙަލާށަސް ހުއްޓުމައު އާއްސެއި މިއޮތީ. މިކަމައް ޙައްލައް ހޯދާއް ތަޢުލީމީ ވުޒާރާއި، އިސްކޫލު ތަކުން ކުރިމަތިލާއް ޖެހެނީ ބުރަ އަދި ގޮންޖެހުން ގިނަ ކަންތައްތަކަކާއި. ލޮކްޑައުން އެ އިސްކޫލު ތަކަސް ބަންދު ކޮއްގެން ތިބޭތާން އެތައް ދުވަހަކައް ފަހި ޖުލައި 1 ކި އައްޑޫގެ އިސްކޫލު ތަކަސް ހުޅުވާއް ވަރައް ބުރަކޮއް މަސައްކައް ކެރަމުން އެނީ.
ނިއުނޯމަލް ނުންވީ އައު ޢާއްމު ޙާލަތާއި އެކީ ފަށާއް ޖެހޭކޯ މީ އެހެއި ފައްސޭހަ ކަމައް ނުން. އެހެން ފެހެނާސް މިޙާލަތައް ތައްޔާރަ ވުމައް މާކުރިން ކޯކަދުނަސް އިސްކޫލުތަކުންވެނީ މަސައްކައް ފަށަފެއި. ފެރަތުމާށަސް އިސްކޫލުތައް ބަންދުވެފެއި އޮއް ދަނޑިވަޅި އެވެރިން މަސައްކައް ކެޑެއި ކުދިންގެ ޙާލަ އަހުވާލަ ބަލައި ސައިކޯ ސޯޝަލް ސަޕޯޓު ދެރެ އެކުދިންނާއި އެއްކޮއް އިސްކޫލު އޮއް ކަން ހާމަކޮއްދޭއް.
ފެރަތުމަ މަރްޙަލާއި ހަމަ ކޮންމި އިސްކޫލަކުނަސް ގާއްގަނޑަކައް އެއް ކަންތައް ތަކައް ކެޑެއި.ކުދިންނާއި ގުޅުން ބަދަހިކޮއް ހާލައަޙުވާލަ ބެލުން. މިކަމާއި ގުޅޭ ގޮތުން ހިތަދޫ ސްކޫލުން އެސްކޫލްގެ ޕްރިންސިޕަލް ޑޮކްޓަރ އާސިޔަތު މުޙައްމަދު ދީދީ ބެނީ މީ ފުރެއި ކަންކަން ދަސްކެރާއް ލިބިގެން ގޭ ފުރުސަތައް ކަމައް.
ހިތަދޫ އިސްކޫލުގެ އެންމެ ބޮނޑަ ކަންބޮނޑަވުމަކައްވީ މިއަހަރަ 10 ކި ތިބި ކުދިންގެ އިމްތިޙާނައް ވޭނެ ގޮތަކާއި މެދެ. ޑޮކްޓަރ އާސިޔާ ބެނީ ގާއްގަނޑަކައް އަހަރައުހެއި ދުވަސް އިމްތިހާނާއި ދެމެދެ އިތިރައް ލިބޭހެދީ މިކަމަސް މިކޯ ޙައްލު ވެފެއި ވޭކަމައް.
މެހެއިސާބުން އުފެދޭ ސުވާލާކީ ވަސީލައް ތަކުގެ އުނިކަމާއި ޚިދުމަތުގެ ދަތިކަމާއި އަދި އިތިރި އެހީއެއި އެންމެން ގެ އެއްބާރަ ލުމާއި އެއްކޮއް ނުންވީ ދިމާ ނިވޭނެ ކަހަލެއި ކުދިންނާއި ސްކޫލްތަކުން މުޢާމަލާއް ކެޑެއި ކެހެނަކައްތޯ؟
މުދައްރިސުންނައް ކުދިންނާއި ހަމާއް ވާސިލް ވުމައު އޮއު ހެރަސްތަކާއި ގޮން ޖެހުންތަކާއި އެކީ ވަރޗުއަލް އިސްކޫލައް ފެށުމުގެ ހުށިހެއި މަރްޙަލާއް ކަޑައްތުކޮއް އެކަމުގެ ފިނި އިހްސާސް އަދަ އިސްކޫލުތަކުން ކެރާކޯ މީ އެތައް ބާކިންގެ މިންނެއް މަސައްކައް. އިސްކޫލުތަކި މެނޭޖްމަންޓުން ފެށިގެން މުދައްރިސުންނާއި ކިޔަވާ ކުދިންނާއި އަދި ބެލެނިވެރިންނަސް ކުދިންނައު އުނގަންނައިދޭއް ކެރާ މަސައްކަތި އެއްވަރަކައް ޙިއްސާ ވެތާ.
އައްޑޫ ހައި ސްކޫލަކީ އައްޑޫ ސިޓީއެ ތިބި އެހެން އިސްކޫލުތަކުން ގްރޭޑް 10 ނިންމަލާއި އޭ ކުދިންނައް ވެފެއި އިސްކޫލުތައް ބަންދުވީކޯ އައްޑޫ ހައި ސްކޫލާއި މިއަހަރަ ގުޅޭ އައު ބެޗްގެ ކިޔެވުން އެކޯ ނިފެށެއި. ޕްރިންސިޕަލް ނަދީމް ބެނީ ނިފެށިތިބި ކުދިންނާއި އެކީ ކިލާސް ފަށާއްޖެހެނެ ޖެހުން އޭ މުދައްރިސުންނަށާއި ކުދިންނަށަސް ވަރައް ދަތިވެގެން ގޭ ކަމައްކަމައް.
އިސްކޫލައް ގޮސް މުދައްރިސުންނާއި ބައްދަލަކޮއް އެކުވެރި އެހެންކުދިންނާއި އެއްކޮއް ކުދިން ކިޔަވާއް ފަށަފެއި މިއޮތީ.
މިދަނޑިވަޅައާކޯ ވަރައް ގިނަ ބެލެނިވެރިންގެ ހިތެ އެތެރެ ކޮއްޔާ އިސްކޫލުގެ މާޙައުލައް ދޫކެޑުމާއި މެދެ ޚިޔާލަ ތަފާތު ވެފެއި ވެއި. ފެނޑުވާނެއިތޯ ނިފެނޑުވާނެއިތޯ މީއަސް އުފައްދާ ސުވާލާއް. ހިތަދޫގެ އެތައް ކުދިން ނަކައް ކިޔަވައިދިނުމުގެ ބިންގައު އެޑައި ދެރެ އެހިސާބުން ފެށިގެން ސާނަވީ ތަޢުލީމު ގެ ހިޔާވަހިކަމާއި ހަމާއް ކުދިންގިނާސްދޭ ހިތަދޫ ސްކޫލް ގެ ޕްރިންސިޕަލް ޑޮކްޓަރ އާސިޔަތު މިފަދަ ބެލެނިވެރިންނައް ދޭ ނަސޭޙަތަކީ ބިރައްނެތި ފުރިހަމަ އިތުބާރާއި އެކީ ކޮއްޔާ ޙަވާލަކޮއްދިނުން. އިސްކޫލެ ހޭދަވޭ ގަޑިތަކި ދިމާވޭ ކަންކަމުގެ ހުށިހެއި ޒިއްމާއް އިސްކޫލުން ނަގާހެއް ކަމުގެ ޔަގީންކަން ޑޮކްޓަރ އާސިޔަތު އެރުވި
އެހެންވީމެއި ޑޮކްޓަރ އާސިޔަތު މުޙައްމަދު ދީދީ ގެ އިރްޝާދަކީ އަފިރިން ކޮންމި ބެލެނިވެރިއަކާސް ބަލަގަންނައްވޭ މުހިއްމު އިރްޝާދުތަކައް. މިކޯ މިއޮއު ޙާލަތި ތިމާ ލޯބިވޭ އަމެއްލަ އުފަން ކޮއްޔާގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފެއި މިވެނީ މުޖުތަމަޢި ދެން ތިބި އެހެން އެންމެންނާއި
އައްޑޫސިޓީގެ އިސްކޫލު ތަކައް ބަލާކަލަކި ނިއުނޯމަލް އެއި އެއްކޮއް ސަރުކާރުން ކަނޑައަޅަފެއިވޭ ތިން ބާވަތުގެ އިސްކޫލުތަކި އެތެރުން މަރަދޫފޭދޫ އިސްކޫލް އެކަނި ޓައިޕް އޭ އި މިހިމެނެނީ. އޭ އެއް ދަންފަޅިއައް ކިޔަވައިދޭނެ ހަމައެކަނި އިސްކޫލު. ދެންތިބި އެހެން އިސްކޫލުތަކި ދޭއް ނުންވީ ތިން ދަންފަޅިއައް ކިޔަވައިދޭށިއެ. މީނެ ކޮންމި ދަންފަޅިއައް ނިމެނެމެއި މިޅި އިސްކޫލު ޑިސްއިންފެކްޓް ކެރާއް ޖެހެއި. މީއަސް ކުދުފަދަ ކަމައްނުން.
ޑިސްއިންފެކްޓް ކެޑުމައްޓަކައި ބޭނުންވޭ ކެމިކަލާއި އެކަންކެރާކޯ ލާ ގައުންއެއި ބޫޓާއި އަންގި ކަހަލެއި ސަލާމަތީގޮތުން ބޭނުންކެރާ ސާމާނައް އިސްކޫލު ތައް ވެނީ ބޭނުންޖެހިފެއި. އެޑިއުކޭޝަނުން ފޯރުކޮއްދޭ މިފަދަ އާލާއްތަކި އިތިރައް ހެއުއެދޭ އަމެއްލަ ފަރާއްތަކުގެ ދީލަތި އެހީތަކަށަސް މިޙާލަތި އިސްކޫލުތައް މިވެނީ އެދިއެދި. ރައްކޯތެރި މާޙައުލައު ހޯދައި މިދެނީ އަފިރިންގެ ދަރިންނައް ކަމައްވެފެއި މީ މިޅި މުޖުތަމަޢުނަސް ވެވެނެ ވަރަކުން އެހީތެރިވެ އެއްބާރަލުން ދޭއްވީ ދަނޑިވަޅަ.
މުވާސަލާތީ ވަސީލައްތަކާއި ޓެލެކިލާހާއި ސޯޝަލް މީޑިއާ ބޭނުން ކޮށްގެން ކުދިންނާއި ހަމާއް ވާސިލް ވެމުންއާ ކިޔަވާ ކުދިންގެ ލޮބުވެތި މުދައްރިސުން ކެއްތެރިކަމައްނެތި އިންތިޒާރަ ކެޑެއި ދަރިވަރުންނާއި ބައްދަލަވެވޭނެ ވަގުތަކައް. މިކަމައް ރުހުންދެރެ އިތުބާރާއި ޔަގީން ކަމާއި އެކީ ކޮއްޔާގެ ކިޔެވުން އަނބަރައި ފެށޭނެ މާޙައުލައް ގާއިމް ކެޑުމައްޓަކައި ބެލެނިވެރިންނަސް އެނީ ވަރައް ދުރާލާއި ތައްޔާރަވެ ކުދިން ހާނަމުން. އުއްމީދަކީ އައު ޢާއްމު ޙާލަތާއި އެކީ ކާމިޔާބު ދުވަސްތަކެއް ކިޔަވާ ކުދިންނައް ލިބިގެން ގެއުން.