English Edition
Dhivehi Edition

އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ދެމެދު ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ އެވެ.

މިއަދު މޯލްޑިވިއަން އިން ކުރި ޓުވިޓެއްގައި ބުނީ ރާއްޖޭހެ އުތުރާއި ދެކުނު ވައިގެ މަގުން ގުޅާލުމަށް ތައްޔާރުވަމުން އަންނަކަމަށާއި އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1444 ރުފިޔާ ކަމަށެވެ.

މިދަތުރުތައް ޖުލައިގެ އެންމެ ފުރަތަމަ ބުރާސްފަތި ދުވަހު(މި ހަފްތާގެ ބުރާސްފަތިދުވަހު) ފެށުމަށް ހަމަޖެހިފައިވާއިރު މި ދަތުރުތަކުގައި ބޯޓަށް ތެޔޮއެޅުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 20 މިނެޓުގެ ޓްރާންސިޓެއް ހަދާނެ އެވެ. މި ވަގުތުގައި ފަސިންޖަރުން ތިބޭނީ ބޯޓުގައި ކަމަށް އެ އެއާލައިނުން ބުންޏެވެ.

ކުޅުދުއްފުއްޓާ އައްޑޫ އާއި ދެމެދު ކޮންމެ ބުރާސްފަތި ދުވަހަކު ދަތުރު ބޭއްވުމަށް ނިންމާފައިވާއިރު އައްޑޫ އިން ކުޅުދުއްފުއްޓަށް ކޮންމެ ހޮނިހިރު ދުވަހަކު ދަތުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވިއަން އިން ބުނީ މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް، އިތުރާއި ދެކުނުގައި އިގްތިސާދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެއްކަމަށެވެ. އިތުރަށް މޯލްޑިވިއަން އިން ބުނީ އިތުރު ސަރަހައްދުތައް ގުލާލުމަށްދަތުރުތައް ޝެޑިއުލް ކުރަމުން އަންނަކަމަށާއި މިގޮތުން ދަރަވަންދޫ އިން ހަނިމާދޫ އަށް އަދި ތިމަރަފުށިން ކައްދޫ އަށްވެސް ދަތުރު ޝެޑިއުލް ކޮށްފައިވާނެކަމަށެވެ.