English Edition
Dhivehi Edition
ހދ. މަކުނުދޫ - ފޮޓޯ: އެޓޯލްސް އޮފް މޯލްޑިވްސް

ހދ. މަކުނުދޫގައި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަކުނުދޫގައި ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ ޤާނޫނީ ބޮޑު ކުށަކަށްވާއިރު، މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެފައި ވެއެވެ.