ދުނިޔޭގެ ތާރީހަށް ބަލާލާއިރު އެންމެ ފުރަތަމަ އިސްޓާކީން ބޭނުންކުރަން ފެށީ މިސްރު، ގްރީސް އަދި ރޯމަނުންނެވެ. އަބަދުވެސް އިސްޓާކީން މަޝްހޫރުވެފައި އޮތީ ބޫޓާއެކު ފަޔަށް ފަސޭހައަކަށް ލައި އުޅޭ އެއްޗެއްގެ ގޮތުގައެވެ. އެކަމަކު އިސްޓާކީނަކީ ފަސޭހައިން ނިދުމަށްވެސް ބޭނުންކުރެވިދާނެ އެއްޗެއްކަން 2007 ވަނަ އަހަރު ނެދަލޭންޑްސްގެ އިންސްޓިޓިއުޓް ފޯރ ނިއުރޯސައިންސް އިން ޝާއިއުކުރި ދިރާސާއަކުންވަނީ އެނގިގެން ގޮސްފައެވެ. މިހާރު ވަރަށް ގިނަ މީހުން އިސްޓާކީން ލައިގެން ނިދާއިރު މިއީ ސިއްހީ ގޮތުންވެސް ވަރަށް ފައިދާ ހުރި ކަމެކެވެ.
- އަވަހަށް ނިދުން: އިސްޓާކީނު ލައިގެން ނިދުމަކީ ފަސޭހަކަމާއިއެކު އަވަހަށް ނިދަން ބޭނުންކުރެވިދާނެ އުކުޅެކެވެ. އިސްޓާކީންލުމުން ފިޔަވަޅުތަކުގެ ހޫނުމިނަށް އަންނަ ބަދަލާއެކު ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުވެ، މިހާ ނިދަން ބޭނުންވާކަމުގެ މެސެޖް ސިކުނޑިއަށް ފޯރުކޮށްދެއެވެ.
- ލޭދައުރުވުމަށް އެހީއެއް: އިސްޓާކީނު ލައިގެން ނިދުމުގެ ސަބަބުން ހަށިގަނޑުގެ ލޭ ފިނިކޮށް ލޭގެ ޕްރެޝަރު ދަށްކޮށްދޭ (ވާސޯޑައިލޭޝަން ނަމަކަށްކިޔާ) ޕްރޮސެސްއެއް ހަށިގަނޑުގައި ފެށިގެންދެއެވެ. މީގެ އިތުރުން އިސްޓާކީން ލައިގެން ނިދާނަމަ ކުއްލިއަކަށް ހަށިގަނޑަށް އަރާ ތަދުތަކުން ސަލާމާތްކޮށްދިނުމަށް އެހީވެދެއެވެ.
- ހަށިގަނޑަށް ކުއްލިއަކަށް އިހްސާސްކުރެވިގެންދާ ހޫނުކަމަކީ އާންމު ގޮތެއްގައި ހޯމޯނަލް އިންބެލެންސް އެއްގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް ޕީރިއަޑް މައްސަލަ ހުންނަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ.އެހެންކަމުން އިސްޓާކީންލައިގެން ނިދާނަމަ ކުއްލިއަކަށް ހަށިގަނޑަށް އިހްސާސްކުރެވޭ ހޫނުކަމުން ސަލާމަތްކޮށްދިނުމަށް އެހީއަކަށް ވެގެންދާނެއެވެ.
- ފުންނާބު ފަޅައިގެން ދިއުމާއި ހަންފޮޅުން ފަދަ މައްސަލަތަކަކީ ބައެއް މީހުންނަށް ދިމާވާ ވަރަށްބޮޑު މައްސަލައެކެވެ. އިސްޓާކީން ލައިގެން ނިދާނަމަ މިކަމަށްވެސް ހައްލު ލިބިގެންދެއެވެ، ފައިގައި މޮއިސްޗަރައިޒިން ލޯޝަނެއް އުގުޅުމަށްފަހު އިސްޓާކީން ލައިގެން ނިދުމުން ފުންނާބު ފަޅައިގެން ދިއުމާއި ހަންފޮޅުން ފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.
އެހެންކަމުން މި ސިއްހީ ފައިދާތަކުގެ އިތުރުން ނިންޖަކީ މުޅި ދުވަހު މީހާގެ ހެލިފެލިވެ އުޅުމާއި މަސައްކަތާއި ގުޅިފައިވާ ކަމަކަށްވީ ހިދު ފަސޭހައިން ނިދާލުމަށްޓަކައި އިސްޓާކީން ލައިގެން ނިދާށެވެ.