English Edition
Dhivehi Edition

އެވްރެޖް ގޮތެއްގައި ރެއަކާއި ދުވާލު 6ގަޑިއިރު ނުވަތަ 7 ގަޑިއިރުގެ ނިދިން ފުދޭނެ ކަމުގައި ތަޖުރިބާކާރުން ބުނެފައިވާރު ދުވާލުގެ ވަގުތުތަކުގެ ހިތްހަމަޖެހުމާއިވެސް ރޭގަނޑުގެ ނިދި ވަނީ ގުޅިލާމެހިފައެވެ.ގަދަ ނިދީގައި އޮތުމަށްފަހު ރޭގަނޑު ދަންވަރު ކުއްލިއަކަށް ހޭލެވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާކަމަކެވެ. މި ކަން މައްސަލައަކަށްވަނީ ދެން އަލުން ކިތަންމެ ވަރަަކަށް ނިދަން އުޅުނަސް ނުނިދި މުޅި އެރެއެއްގެ ނިދިން މަހްރޫމްވާ ހިސާބުންނެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާންމު މައްސަލައެކެވެ. އެހެންނަމަވެސް މިކަން މިހެން ދިމާވާ ސަބަބާ މެދު ވިސްނާލިންތޯއެވެ.

  • ނިދަން އޮންނަ ކޮޓަރި: ނިދަން އޮންނަ ކޮޓަރީގެ ސަބަބުންވެސް ރޭގަނޑު ދަންވަރު ހޭލެވެއެވެ. ކޮޓަރި މާ ހޫނު ނަމަ ނުވަތަ ފިނި ނަމަ އަރާމުގައި ނިދާލުމަކީ ވާނެ ކަމެއް ނޫނެވެ. އަދި ކޮޓަރި މާ ބޮޑަށް އަލި ނަމަވެސް ނިދަން އުދަގޫވެދާނެއެވެ. އެހެންކަމުން ފަނޑުއައްޔެއް އެކުލެވޭ ބޮތްކެއް ނިދާގަނޑީގައި ބޭނުންކުރަން އާދަކުރާށެވެ.އަދި ކޮޓަރީގެ ފިނިހޫނުމިން މެދުމިނެއްގައި ބެހެއްޓުމާއެކު ކޮޓަރިން ވައިބޭރުވާގޮތަށް ބަހައްޓާށެވެ. މީގެ އިތުރުން އެދުގައި އަޅާ ބެޑްޝީޓް، ބާލީސްއުރަ ފަދަ ތަކެއްޗަކީ އަބަދުވެސް ސާފު ކަންމަތީގައި ބެހެއްޓޭ ތަކެތި ކަމުގައި ހަދާ ކޮޓަރި ސާފުތާހިރުކޮށް ތަރުތީބުން ބަހައްޓާށެވެ.
  • އެންޒައަޓީ ޑިސްއޯޑާ: އެންޒައަޓީ ޑިސްއޯޑާ އަކީ ނަފްސާނީ ބައްޔަކަށްވީ ހިދު މި ބަލި ހުންނަ ނަމަ އަދައިގެ ދިރިއުޅުމެއް ވޭތު ކުރަން އުދަނގޫ ވެއެވެ. އެންޒައިޓީ ހުންނަ ނަމަ ނިދުމަށްވެސް އުދަގޫވެއެވެ. އަދި ރޭގަނޑު ދަންވަރު ބިރުވެރި ހުވަފެންތައް ފެނުމާއި، ބިރުގަތުމާއި، ދާހިތްލައި މޭގައި ރިއްސުމާއި، މޭ ތެޅޭ ގޮތްވެ، ބައެއް ފަހަރަށް ނޭވާ ނުލެވޭހެން ހީވެ، ހާޓްއެޓޭކެއް ޖެހެން އުޅޭހެން ވެސްހީވެދާނެއެވެ. މި ކަންކަމުގެ ސަބަބުން އަލުން ނިދަން ބިރުގަނެ މުޅި ރޭގަނޑުގެ ނިދި ގެއްލިގެންދެއެވެ. މިފަދަކަމެއް ހުންނަ ނަމަ ޑޮކްޓަރަކަށް ދައްކައިގެން ވީހާވެސް އަވަހަށް ބޭސް ފަރުވާ އާއި ސައިކޯތެރަޕީ ހޯދާއި ފަރުވާ ފެށުމަކީ އެންމެ އެދެވޭ ގޮތެވެ.
  • ތައިރޮއިޑް ގްލޭންޑް:ތައިރޮއިޑް ގްލޭންޑްއަކީ އިންސާނާގެ ހަށިގަނޑުގައިވާ ހޯރމޯން އުފައްދައި ދޫކުރާ ގްލޭންޑްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގްލޭންޑެވެ. ތައިރޮއިޑް ގަލޭންޑް ހަށިގަނޑުގައިވާ ވަރަށް ގިނަ ގުނަވަންތައް ކޮންޓްރޯލްކުރެއެވެ. ތައިރޮއިޑް ގްލޭންޑް މާ ބޮޑަށް މަސައްކަތްކުރަން ފަށައިފިނަމަ ހޯރމޯން ތައިރިކްސިން އިތުރުވެ އެކަމުގެ ސަބަބުން އެހެން ގުނަވަންތަކަށް އޭގެ އަސަރުކުރެއެވެ.އަދި މީހާ ހާސްވެ ދާހިތްލުމާއި އަވަސްއަވަހަށް ހިތްތެޅުމަކީ މިކަމުގެ ސަބަބުން ދިމާވާ މައްސަލަތަކެވެ. މި މައްސަލަތަކުގެ ސަބަބުން ނިދަން އުދަގޫވެ ރޭގަނޑު ދަންވަރު ހޭލެވުމަށް މެދުވެރިވެއެވެ.
  • ދުވާލުގެ ވަގުތުތަކުގައި މާ ގަދައަށް ނިދުން: މެންދުރު ފަސް ނުވަތަ ހަވީރުގެ ވަގުތުތަކުގައި މާ ގަދައަށް ނިދުމަކީ ރޭގަނޑުގެ ނިދި ޚަރާބުވެގެން ދިއުމަށް މަގު ފަހިކުރުވާ ކަމެކެވެ.އެހެންކަމުން ކޮންމެ ހެން ނިދާލަން ބޭނުންވެއްޖެ 30 ވަރަކަށް މިނިޓް މެންދުރު ފަހު ނިދާލެވިދާނެ އެވެ.

މީގެ އިތުރުން ރޭގަނޑު ދަންވަރު ހޭލެވުން ހުއްޓުވުމަށްޓަކައި ގަވައިދުން ކަސްރަތުކުރުމާއި، ވީވަރަކުން ކެފެއިން އެކުލެވޭ ކާނާ އަދި ބުއިންތަކާއި ދުރުހެލިވުމާއި މާ ލަސްކޮށްލާފައި ކެއުންފަދަ އާދަތައް ހުއްޓާލަން ޖެހެއެވެ،