English Edition
Dhivehi Edition

އައްޑޫސިޓީގެ ފޭދޫގައި ހިންގާ މަޝްހޫރު އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) އިން ހޯމްކެއާރ ޕްރޮގްރާމް އައްޑޫގައި ފަށައިފިއެވެ. އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިވަގުތު މި ޚިދުމަތް ދެނީ ފޭދޫ އާއި މަރަދޫ އަދި މަރަދޫ ފޭދޫގައި ކަމަށް އެއިމްސް ކްލިނިކުން ބުނެއެވެ. އެއިމްސްގެ ފަރާތުން ހިންގާ މި ޕްރޮގްރާމަކީ އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހޯމް ކެއާރ ޕްރޮގްރާމުގައި އެކްލިނިކްގެ ޑޮކްޓަރުން ބަލިމީހާ އޮތްތަނަކަށް ޒިޔާރަތް ގޮސް ފަރުވާދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން 6898092 ނުވަތަ 6898091 އަށް ގުޅުމުން ޚިދުމަތާއި ބެހޭގޮތުން އޮޅުން ފިލުވަން ބޭނުން މައުލޫމާތު ލިބޭނެއެވެ. މަޝްހޫރު ގިނަ ޑޮކްޓަރުންނާއެކު ސިއްޚީ ޚިދުމަތް ދިނުމަށް އައްޑޫގައި ހުޅުވި މި ކްލިނިކުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނައިރު މިއީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި އިތުބާރު ހިފޭ މަގުބޫލު ކުލިނިކަކަށް ވަނީ ވެފައެވެ. ފެންވަރު ރަނގަޅު ބޭސް ފިހާރައަކާއި ލެބޯޓްރީއަކާ ވެސް އެކުގައި ހުޅުވާފައިވާ މިތަނުގެ ލެބޯޓަރީއަކީ މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ހުރި ވަރަށް ވުރެ މާ ފެންވަރު ރަނގަޅު ތަނެކެވެ. ހޮސްޕިޓަލުން ނުލިބޭ ބައެއް ޚިދުމަތްތައް ވެސް އެއިމްސް އިން ލިބެން ހުރެއެވެ. ސިއްޚީ ޚިދުމަތް ދިނުމާއެކު އިޖުތިމާއީ ގިނަ ހަރަކާތްތަކެއްގައި ވެސް އެއިމްސް ކުލިނިކުން އަންނަނީ ބައިވެރިވަމުންނެވެ. މިގޮތުން މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް އެ ކުލިނިކުން ފާހަގަކޮށްފައިވާއިރު އައްޑޫ ސިޓީ ޕޮލިސް އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި އައްޑޫގެ ސިއްޙީ މަރުކަޒުތައް ގުޅިގެން ކުރިއަށް ގެންދިޔަ ރޯޑް ސޭފްޓީ އެވެއާނެސް ޕްރޮގްރާމުގައި ވެސް މިކުލިކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އައްޑޫގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ރާއްޖޭގެ މަޝްހޫރު ގިނަ ޑޮކްޓަރުންތަކެއްގެ ޚިދުމަތް ލިބޭނެ ގޮތް މި ކުލިނިކުން ފަހިކޮށްދެއެވެ.