English Edition
Dhivehi Edition

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ބ.އަތޮޅު ގައި ޙިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފަށައިފިއެވެ.

ބ.އަތޮޅު ބަޔޮސްވެފަރ ރިޒާވްގައި ގައި ފެށި މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދެވޭނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފަރުކަމަށްވާ އޮސްޓްރޭލިޔާގެ “ގްރޭޓް ބެރިއަރ ރީފް” ބެލެހެއްޓުމުގައި ޙަރަކަތްތެރިވާ ބޭފުޅުންނެވެ.

“އެކްސެލެންސް އިން ފީލްޑް މެނޭޖްމެންޓް އޮފް ނެޗުރަލް ރިސޯސެސް، އަ ޓެކްނިކަލް ޓްރެއިނިންގ ފޮރ ރޭންޖާސް” ގެ ނަމުގައި 3 ދުވަހުގެ މުއްދަތަކަށް ކުރިއަސްގެންދާ މި ޓްރެއިނިންގ ޕްރޮގްރާމްގައި 15 ފަރާތެއް ބައިވެރިވެއެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން) އާއި މިނިސްޓްރީ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ ގުޅިގެން ކުރިއަށްގެންދާ މި ވަރކްޝޮޕްގައި އިންވައިރޮންމަންޓް ޕްރޮޓަކްޝަން އޭޖެންސީއާއި ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންވެސް ބައިވެރިވެއެވެ.

ޓެގު