English Edition
Dhivehi Edition
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް - ފޮޓޯ: ކަސްޓަމްސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް އަބްދުﷲ ޝަރީފް މިއަދު ޢައްޔަންކުރައްވައިފި އެވެ.

ޝަރީފް މި މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޝަރީފް މީގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައެވެ.

ޝަރީފް މި މަޤާމަށް ޢައްޔަންކުރައްވާފައި މިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ނުޢުމާން އަވަހާރަވުމާއި ގުޅިގެންނެވެ. އަދި އާ ކޮމިޝަނަރ ޖެނެރަލަކު ޢައްޔަންކުރެވެގެން މިއަދާއި ހަމައަށް ކަސްޓަމްސް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވީވެސް ޝަރީފް އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 08 ވަނަ ދުވަހު ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމަށް ޢައްޔަންކުރެއްވުނު ޝަރީފް ވަނީ ކަސްޓަމްސް އަށް 27 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވައިފަ އެވެ.