English Edition
Dhivehi Edition
މާލެއިން އައްޑޫ ސިޓީ އަށް ގެނައި ބައެއް މީހުން ކަރަންޓީނަށް ގެންދަނީ - ފޮޓޯ: ސަމަދު

މިއަދު ހޯމް ކަރަންޓީނަށް މާލެއިން އައްޑޫސިޓީއަށް ގެނައިމީހުން މިރޭ 8.30 ވީއިރުވެސް ގެއަށް ނުގެނެސްގެން ބައެއް ޢާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އޭއޯނިއުސް އަށް އެނގިފައިވާ ގޮތުގައި މިއަދު ގެ ފްލައިޓް 4.10 ގައިވަނީ ގަމަށް ޖައްސާފައެވެ. އެ ފްލައިޓުން ހިތަދުއަށް އައި ބައެއް މީހުން ނޫރާނީ ސްކޫލަށް ގެނައިގޮތަށް ގެއަށްގެނައުން ލަސްވެ ވީނުވީއެއް ނޭނގި އެތައް އިރެއް ހޭދަވެގެން ދިޔައެވެ.

ނޭނގެ ކުއްލިއަކަށް ނޫރާނީ ސްކޫލަށް ގެންދަން ޖެހުނު ސަބަބެއް ވެސް. އެތަނަށް ގެންދިޔަގޮތަށް އެހެން އެތައް އިރަކަށް ބޭތިއްބި. މީހުން ގެނައުމުގެ އިންތިޒާމްގެ ތެރޭ އެޗްޕީއޭއަދި އެސްއެސްޑީ އިން އެދުނު ހުރިހާ މަޢުލޫމާތެއް ޢާއިލާތަކުން ވާނީ ފޯރު ކޮށްދީފަ. މީހާ ކަރަންޓީން ކުރާ ގެއާއި ޙަވާލުވާ ފަރާތުގެ މަޢުލޫމާތު މާކުރިން ހޯދާފަވަނީ. ދެން ހަމަ ބައެއްގެ ބެލުމުގެ ދަށުން ގެންނައިރު މިހެން ކަންތައް ވީމަ ދެރަ.

މިކަމާ ގުޅޭގޮތުން އައްޑޫސިޓީ އީއޯސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހުން ގެއަށް ގެންދިއުމުގައި ލަސްތަކެއް ދިމާވީ ނޫރާނީ ސްކޫލަށް ގެންދެވުނު އިރު ބައެއް ފަރާތްތަކުގެ ލަގެޖް ހަމަނުވުމުގެ ސަބަބުންނާއި ވެހިކަލް މަދުވުމުން ކަމަށެވެ.

އައްޑޫސިޓީ ކައުންސިލްގައި ޖާގަ ނެތުމުގެ ސަބަބުން މިއަދު ގެނައި ބައެއް ކުދިން ވާނީ ނޫރާނީ ސްކޫލަށް ގެންދެވިފަ.ވަރަށް ވިއްސާރަވެސް ދުވަހަކަށްވާތީ އެންމެ ފަސޭހައިން ދަތުރު ކުރެވޭނެ ލޮކޭޝަނަކަށް ނޫރާނީ ސްކޫލް ވީމަ އެތަނުގަ ބޭތިއްބީ.

މިއަދު ގެ މި ފްލައިޓުން އައި މީހުންނަށް ބޯފެނާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވުނު ކަމަށް އީއޯސީން ވިދާޅުވެއެވެ.

މިރޭ 9.30 އާއި ހަމަޔަށް މިއަދު ގެނައި ހުރިހާ ފަރާތްތަށް ވަނީ ހޯމް ކަރަންޓީން ތަކަށް ގެންދެވިފައެވެ.