English Edition
Dhivehi Edition

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ލ. ގަމުން، ގޯއްޗެއް ދިން މައްސަލަ އާއި އެރަށުން ގޯތި ދިނުމުގައި އަމަލުކުރި ގޮތް ބަލަން ފަށައިފި ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީގެ މީޑީއާ އޮފިޝަލް ވިދާޅުވީ ގަމުން ގޯތި ދޫކުރި އެހެން ފަރާތްތަކަށް ވެސް، ގޯތި ދޫކުރަން ޕޮއިންޓް ދިނުމުގައި ގަމު ކައުންސިލުން އަމަލު ކުރި ގޮތް އޭސީސީން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި ޖީހާނަށް ގަމުން ގޯތި ދިން މައްސަލަ އެ ކޮމިޝަނުން ބަލަން ފެށީ ކޮމިޝަންގެ އިސްނެގުމަށްކަމަށްވެސް އޭސީސީ އިން ވަނީ ވިދާޅުވެފައެވެ.

މިދިއަ ހުކުރުދުވަހު ގަމުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރި އިރު ޖީހާނަށް 71 ޕޮއިންޓް ލިބިފައިވާއިރު އެރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކުރި 10 ޕޮއިންޓް ވެސް ވަނީ ލިބިފައެވެ.މި މައްސަލަ ފެންމަތިވުމުން ޖީހާން ވިދާޅުވެފައި ވަނީ އެއީ ކިހިނެއް ލިބިވަޑައިގެންނެވި 10 ޕޮއިންޓްކަން އެނގިވަޑައިނުގަންނަވާކަމަށާއި އޭނާ އެ ގޯތި މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ޖިހާންއަށް ގަމުން ގޯއްޗެއް ދިނީ އެ ރަށު ކައުންސިލުން ހާމަކުރި އުސޫލާ ހިލާފަށް ޕޮއިންޓް ދީގެން ކަމަށް ބުނާތީ އެކަން ދިފާއުކޮށް ކައުންސިލުންވެސް ވަނީ ބަޔާނެއް ނެރެފައެވެ.