މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނެއްގައި 2020 ޖުލައި 19 އިން ޖުލައި 23 އަށް،އައްޑޫސިޓީ ގަމުގައި ޢަސްކަރީ ތަމްރީން ތަކެއް ހިންގަން ނިންމައިފިއެވެ.
ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 06:00 އަށް ބާއްވާ މި ޚާއްސަ ތަމްރީން ހަރަކާތް އޮންނާނީ ގަމުގެ ދެކުނުން 07 ނޯޓިކަލް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. ތިރީގައި އެވަނީ މިތަމްރީނުތަކުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާތީ ވައިގެ ސަރަޙައްދު ބޭނުން ކުރާނެ ގޮތުގެ ތަފްސީލެވެ.
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން ފަޔަރިންގ
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ސ. ގަމުގެ ދެކުނުން 07 މޭލު ބޭރުގައި
އެމްއެންޑީއެފުން ގަމުގައި ހިންގާ ޢަސްކަރީ ތަމްރީން ތަކާއި ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ގަމުގެ ދެކުނުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ.