ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންވާ ކިޓް ލިބިފައިވާ ކަމަށާއި، މިހާރު ޕީސީއާރް ޓެސްޓް ހެދުމަށް ހޮސްޕިޓަލް އޮތީ ތައްޔާރަށް ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.
މިއަދު އެ ހޮސްޕިޓަލުން ކުރި ޓުވިޓެއްގައި ބުނީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންވާ ކިޓް ލިބިފައިވާ ކަމަށާއި، މާލެ ފިޔަވައި ޕީސީއާރް ޓެސްޓް ހެދޭ ފުރަތަމަ ސަރަހައްދަކީ އައްޑޫ ކަމަށެވެ. އައްޑޫގައި ކުރިން ހުރި ޕީސީއާރް މެޝިންގެ އިތުރުން، އިތުރު ޕީސީއާރު މެޝިނެއް ވަރަށް އަވަހަށް އައްޑޫ އަށް ލިބޭނެ ކަމަށްވެސް އެ ހޮސްޕިޓަލުންވަނީ ބުނެފައެވެ.
We are proud to announce that Addu Equatorial Hospital has received testing kits for COVID-19 and are ready to do PCR testing. Apart from Male’, we are the first region to start PCR testing for Covid-19. #COVID19#Stayhome@HPA_MV @MoHmv @ibusolih @ameenex
— Addu Equatorial Hospital (@aeh_mv) June 14, 2020
އައްޑޫ ސިޓީ ގަމުގައި ހިންގާ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުގައި ހުރި އުމުރުން 65 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ ފޭދޫ ދާއިރާގެ މަޖިލީސް މެމްބަރު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޕޮޒިޓިވް ކޭހެއް ފެނުމާއެކު މެޝިނާއި، އެއާއި ގުޅުންހުރި ސާމާނުތައް ފޮނުވުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީ މޭޔަރ ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރުމުން އެތަނުގައި އެއް ފަހަރާ 45 މީހުންނަށް ފަރުވާ ދެވޭނެކަމަށެވެ.
ނިއު ނޯމަލްއަށް ދާއިރު، ރާއްޖޭގެ ފަސް ސަރަހައްދުގައި ވެސް ކޮވިޑަށް ޓެސްޓުކުރާނީ ޕީސީއާރް މެޝިނުގައި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒުވެސް ވަނީ ވިދާޅުވެފައެވެ. މަބްރޫކް ވިދާޅުވީ ޕީސީއާރު މެޝިން ކުޅުދުއްފުއްޓާއި އައްޑޫ އަދި އޭދަފުށީގައި ގާއިމްކުރެވޭނެ ކަމަށާއި މިހާރު މި މަސައްކަތްކުރުމަށް އައްޑޫއާއި ކުޅުދުއްފުށިން، ކޮންމެ ހޮސްޕިޓަލަކުން ދެ ލެބް ޓެކްނީޝަނުން ގެނެސް ތަމްރީން ކޮށްފައިވާކަމަށެވެ.