English Edition
Dhivehi Edition

ވަން ޑިގްރީ ސައުތު އައްޑޫ ފެކްޓަރީން ހިންގާ ބޮޓްލިން ޕްލާންޓުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން “ވަން ” ބްރޭންޑްގެ ފެނުގެ ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ. އައްޑޫސިޓީގެ ހިތަދޫގައި މަރުކަޒީ އިންޖީނުގޭގެ އުތުރުން އާރޭފް ސަރަހައްދުގައި ޤާއިމް ކޮށްފައިވާ ބޮޓްލިން ޕްލާންޓުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މޭއި 15 ވަނަ ދުވަހުން ފެށިގެން މެއި 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 3 މަހުން ފައިސާ ދައްކާގޮތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ވަނީ 3 ޕެކޭޖެއް ހުޅުވާލާފައެވެ. ފުރަތަމަ ޕެކްޖްގައި ހިމެނެނީ ޑިސްޕެންސަރާއި 18.9 ލީޓަރުގެ ފެންފުޅިއެކެވެ. މި ޕެކޭޖުގައި ތިން މަސް ދުވަހުގެ އިސްޓޯލްމަންޓަށް ފުރަތަމަ 1،864ރ. ދެއްކުމަށް ފަހު، މަހަކު 662ރ. ދައްކަން ޖެހޭ ގޮތަށް ލިބޭނެ އެވެ. ދެވަނަ ޕެކެޖްގައި ޑިސްޕެންސަރާއި 18.9 ލީޓަރުގެ ދެ ބެރެލް އަށް، ފުރަތަމަ ދައްކަން ޖެހެނީ 2،143ރ. އެވެ. މަހަކު ދައްކަން ޖެހޭނީ 715ރ. އެވެ. ތިން ވަނަ ޕެކެޖްގައި ޑިސްޕެންސަރާއި 18.9 ލީޓަރުގެ ތިން ބެރެލް އަށް، ފުރަތަމަ ދައްކަން ޖެހެނީ2،423ރ. އެވެ. މަހަކު ދައްކަން ޖެހެނީ 808ރ. އެވެ. “ވަން” ގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ފާއިޤް ވިދާޅުވީ ރޯދައާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ލިމިޓެޑް އޮފާއެއް ކަމަށާއި ފެން ގަންނަން ބޭނުންވާ މީހުން ވީހާ ވެސް އަވަހަކަށް ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ. ރަޖިސްޓްރީވާން ގުޅަން ޖެހޭ ނަމްބަރަކީ 6880001 އެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހިލޭ ޑެލިވަރީ ވެސް ކޮށް ދޭނެ އެވެ.