English Edition
Dhivehi Edition
މާލޭ ކުޅިވަރު އެކުވެނީގެ ފުރާޅު އެއްލާލާ މަންޒަރު -

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން މާލޭ ކުޅިވަރު އެކުވެނީގެ ފުރާޅު އެއްލާލައިފި އެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ވައި ބާރުވި ވަގުތު ކުޅިވަރު އެކުވެނީޣެ ފުރާޅުން ބޮޑު ބައެއް އެއްލާލާފައިވާ ކަމަށެވެ. އެ ޓްވީޓާއެކު މިނިސްޓަރ ވަނީ އެކުވެނީގެ ފުރާޅު އެއްލައިލާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އެޓޭޗްކުރައްވައިފަ އެވެ.

މީގެ އިތުރުން މާލޭގައި ހަދަމުން އަންނަ އިމާރާތެއްގައި ވަކިން އުސްކޮށް ރާނާފައި ހުރި ފާރެއް ވެއްޓި، ދެ ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.

މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ދަތުރުކުރާއިރު އަދި އުޅަނދުފަހަރު ދުއްވާއިރު ސަމާލުވުމަށް ވަނީ އަންގައިފަ އެވެ. އަދި ގޭގޭގެ ފުރާޅުގައާއި ބެލްކަނީތަކުގައި ގަދަ ވަޔާއެކު އުދުހިގެންގޮސްދާނެ ފަދަ ތަކެތި ނުބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ބުނީ ވައިގަދަވުމުގެ ސަބބަުން ގަސްތައް ވެއްޓިގެން އަދި އެކިވަރުގެ ގެއްލުންތައް ލިބިގެން ގިނަ އަދަދަކަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޮންމެހެން ބޭރަށް ދާން ނުޖެހޭނަމަ، ނުނިކުތުމަށާއި ދަތުރުކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.