English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މާލޭ ކެމްޕަސް - ފޮޓޯ: އެމްއެންޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށް ހޭންޑް ސެނިޓައިޒަރ އަދި ހޭންޑް ސެނިޓައިޒަރ ބަހައްޓާ ހޯލްޑަރ ހޯދުމަށް އިޢުލާންކޮށްފި އެވެ.

އެމްއެންޔޫ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެ ޔުނިވަރސިޓީ އަށް ހޭންޑް ސެނިޓައިޒާ އާއި ހޭންޑް ސެނިޓައިޒާ ބަހައްޓާ ހޯލްޑަރ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފާއިވާ ކަމަށެވެ. އެގޮތުން 500އެމްއެލްގެ ހޭންޑް ސެނިޓައިޒަރުގެ 200 ފުޅި އާއި، ފަސް ލީޓަރުގެ ހޭންޑް ސެނިޓައިޒަރުގެ 200 ފުޅި އަދި 200 ހޭންޑް ސެނިޓައިޒަރ ބަހައްޓާ ހޯލްޑަރ ގަންނަން ބޭނުންވާ ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

އެހެންކަމުން އެތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޖޫން 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލްކުރުމަށް އެ އިޢުލާނުގައި ބުނެފައި ވެއެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރުމަށްވެސް އެ ޔުނިވަރސިޓީން ވަނީ އެދިފައެވެ.

ކޮރޯނާވައިރަހާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކާއި ތަޢުލީމުދޭ މުއައްސަސާތަކުގެ ޚިދުމަތް ހުއްޓުމަކަށް އައިސްފައިވާއިރު، އަންނަ މަހު ސްކޫލްތައް އަލުން ހުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ސްކޫލްތައް ހުޅުވެންވާ އިރަށް ސްކޫލްތަކަށްވެސް އަތް ދޮންނަ ސައިބޯނީގެ އިތުރުން ޑިޖިޓަލް އިންފްރާރެޑް ތާމޯމީޓަރު ހޯދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވެސް ކުރިން އިޢުލާންކުރި އެވެ.