English Edition
Dhivehi Edition
ހައުސިންގ މިނިސްޓަރ އާތިފާ - ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިނިސްޓަރ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް، އާމިނަތު އާތިފާ ޝަކޫރު މަޤާމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި މިނިސްޓަރ އާތިފާ އިސްތިއުފާ ހުށަހަޅުއްވާފައި މިވަނީ ބަލި ހާލުފުޅު ހުންނެވި ގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭނެތީ އެވެ.

އާތިފާ، ހައުސިންގ މިނިސްޓަރ ކަމަށް ޢައްޔަންކުރެއްވީ 17 ނޮވެންބަރު 2018 ގައެވެ. އެކަމަނާ އަށް ވަޒީރުކަން ލިބިވަޑައިގެންނެވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގަ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިނިސްޓަރ އާތިފާ އާލާސްކަންފުޅުގައި އުޅުއްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.

އެހެންނަމަވެސް ހައުސިންގ މިނިސްޓަރުގެ އިސްތިއުފާއާއި ގުޅިގެން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.