"Vehi Fahi Malé Program" ge dhashun boahiyaavahikan nulibi thibi faraaiythakuge mauloomaathu hissaakurumah edhijje - AO News "Vehi Fahi Malé Program" ge dhashun boahiyaavahikan nulibi thibi faraaiythakuge mauloomaathu hissaakurumah edhijje

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
ހުޅުމާލޭ ފުރަތަމަ ފިޔަވަހި - ފޮޓޯ: އެޗްޑީސީ
“ވެށި ފަހި މާލެ” މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ނުލިބި ތިބި ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެ
1 މަސް ކުރިން

2010 ވަނަ އަހަރު “ވެށި ފަހި މާލެ ޕްރޮގްރާމް”ގެ ނަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން އެދިއްޖެ އެވެ.

Advt

Advertisement

ހައުސިންގ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގަި ބުނެފައި ވަނީ އެ މަޝްރޫޢުގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ނުލިބި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަދި އެ މަސައްކަތް ކުރުމަށްޓަކައި އެފަދަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާތީ، ވެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތައް އަދި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތައް، އެކަން ހައުސިންގ މިނިސްޓްރީ އަށް އަންގައިދިނުމަށް އެދޭ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން 24 ފެބުރުއަރީ 2020 ވަނަ ދުވަހުން ފެށިގެން 22 މާރިޗު 2020 ވަނަ ދުވަހުގެ ގެ 14:00 ގެ ކުރިން އެކަމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

10 ނޮވެމްބަރު 2010ގައި އިފްތިތާޙްކުރި ވެށި ފަހި މާލެ ޕްރޮގްރާމަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، މާލޭގެ ރަށްވެހިންނަށް އެކަށީގެންވާ ބޯހިޔާވަހިކަން ހޯދައިދީ، އެތަންތަނަކީ، އެމީހުންގެ އަމިއްލަ ތަންތަނުގެ ގޮތުގައި ހެއްދެވުމުގެ މަޤްޞަދުގައި ފެށި ޕްރޮގްރާމެކެވެ.