English Edition
Dhivehi Edition
އެޑިޔުކޭޝަން މިނިސްޓްރީގެ ރިސެޕްޝަން - ފޮޓޯ: ގޫގުލް މެޕްސް (މުޙައްމަދު ހުސައިން)

ރާއްޖޭގެ ސްކޫލްތަކަށް ޑިޖިޓަލް އިންފްރާރެޑް (އައިއާރު) ތާމޯމީޓަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިރޭ ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކުގައި ބޭނުންކުރުމަށް 500 ޑިޖިޓަލް އައިއާރު ތާމޯމީޓަރު ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް ޖޫން 05 ން ޖޫން 09 ގެ ނިޔަލަށް ތިރީގައިވާ މި ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށާއި، ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ.

އެ ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޖޫން 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

  1. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/10,000ރ.(ދިހަހާސް) ހުށަހަޅަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ޖޫން 15 ވަނަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޔުނިސެފްގެ އެހީގައި އެ މިނިސްޓްރީން ކުރިއަށްގެންދާ “ސްކޫލް ވޮޝް ޕްރޮގްރާމް”ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500އެމްއެލްގެ 12,500އަތްދޮންނަ ސައިބޯނި ފުޅި ހޯދަންވެސް މިދިޔަ އަންގާރަ ދުވަހު އިޢުލާންކޮށްފަ އެވެ.