English Edition
Dhivehi Edition

ރާއްޖެއިން އިތުރު 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 15:00 އާއި ހަމައަށް އިތުރު 01 ދިވެއްސަކާއި، 28 ބަންގްލަދޭޝް ރައްޔިތުންގެ އިތުރުން އިންޑިއާގެ 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 56 އަހަރާއި ދެމެދުގެ މީހުންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1633 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 863 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1580 މީހުން ކަރަންޓީނުކޮށްފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 1189 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 242 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެ ބަލީގައި 05 މީހަކު ވަނީ މަރުވެފައެވެ.