English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ތައި ފުޑަށް ލޯބިކުރާ ފަރާތް ތަކަށް ވަރަށް ހާއްސަ ވެގެންދާނެ އަދި އެހާމެ ފަސޭހައިން ތައިކަރީ ކައްކާލެވޭނެ ގޮތުގެ ރެސިޕީއެވެ.

ބޭނުންވާތަކެތި:

4 މީހުންނަށް:-

270ގގެ ކާށިކިރު

2 މޭޒުމަތީ ސަމްސާ ކަރީ ޕޭސްޓް

90ގ ފެހި ތޮޅި 1 އިންޗި ހުންނަވަރަށް ކޮށާފައި

3 މޭޒުމަތީ ސަމްސާ ފިޝްސޯސް

400ގ ބޯންލެސް ކުކުޅު ކިއުބް ގޮތަށް ކޮށާފައި

1 ލުނބޮލުގެ ޖޫސް އަދި ލުބޮލުގެ ތޮށި ގާނާފައި

1/2 ރަތް ކެޕްސިކަމް ކޮށާފައި

1/2 ޖޯޑު ބެސިލް ފަތް ކޮށާފައި

1 ފިޔާ ކުދިކޮށް ކޮށާފައި

3 ލޮނުމެދު ގާނާފައި

ރަހަލާވަރު ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތަވާ އުނދުން މައްޗަށް އުދާފައި ކާށި ކިރުއަޅާފައި ކެކިގަތީމަ ކަރީޕޭސްޓް، ފިޔާ، ލޮނުމެދު، ކެޕްސިކަމް، ތޮޅި އަޅާފައި ރަނގަޅަށް ކައްކާށެވެ. ދެން ކުކުޅު އަޅާފައި ބެސިލް ފަތް ލުބޯ ހުތް އަދި ލުބޮލުގެ ތޮށި ފިޔަވައި ބާކީ ހުރި ހުރިހާތަކެތި އަޅާފައި ކުކުޅު ރޯފިލަންދެން މަޑުގިނީގައި ކެއްކުމަށްފަހު ކުކުޅު ކޮޅު ރޯފިލިމުން ބެސިލްފަތް، ލުބޯ، ލުބޮލުގެ ތޮށި އަޅާފައި ތަވާ އުނދުންމަތިން ބޭލުމަށްފަހު ބަތާ އެކު ސާރވް ކުރާށެވެ.