English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 232 އަށް އަރައިފި އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދުވެސް 46 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 30 ބަންގްލަދޭޝް މީހުންނާއި، 10 ދިވެހިންނާއި، 04 އިންޑިއާ މީހަކާއި ނޭޕާލްގެ މީހަކާއި ސްރީ ލަންކާގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 232 އަށް އަރާފައިވާއިރު، ޑރ. އަފްޒަލް ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑް ފެށުނީއްސުރެ 214 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުތެރޭވެސް އިތުރު 43 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1438 އަށް އަރާފައިވާއިރު، މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން 05 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި މިވަގުތު 1200 މީހަކު ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާއިރު، ކަރަންޓީނުގައި ޖުމްލަ 1817 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ މިވަގުތު 1108 މީހުންނެވެ.