English Edition
Dhivehi Edition

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު “އެފްއޭއެމް ޕްރެޒިޑެންޓްސް ފުޓްސަލް ރެކްރިއޭޝަނަލް ކަޕް”ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެފްއޭއެމް އިން އިންތިޒާމްކޮށްގެން ބާއްވާ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް ރެކްރިއޭޝަނަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބައިވެރިވާން އެދޭ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:30ގެ ކުރިން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަންހެން ފިރިހެން ހިމެނޭގޮތަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓަރީ ކުރާ ފޯމް އަދި މުބާރާތުގެ ގަވާއިދު އެފްއޭއެމްގެ އިދާރާއިން ރަސްމީ ދުވަސް ދުވަހުގެ ރަސްމީ ގަޑީގައި (ހެނދުނު 9:00އިން ހަވީރު 4:00އަށް) ލިބެން ހުންނާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

އެފްއޭމް އިން ބުނި ގޮތުގައި މިއަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންނަށާއި ދެވަނަ ޑިވިޝަން އަދި އަތޮޅު މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ ކުޅުންތެރިނަށާއި އެވެސް ބޭރު ކުޅުންތެރިޔަކަށް މިފަހަރުގެ މުބާރާރުގައި ނުކުޅެވޭނެކަމަށެވެ.

އެފްއިން ބުނި ގޮތުގައި މިމުބާރާތުގެ މަގުސަދަކީ ފުޓްސަލް ކުޅޭ ކުޅުން ތެރިން ފުޓްސަލް އަހުލުވެރި ކުރުވުމަށާއި ފުޓްސަލް ކުޅޭ ކުޅުން ތެރިން ފުޓްސަލްއަށް ހުސް ކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.