English Edition
Dhivehi Edition
ކެނެޑާއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހާއަށް ފަރުވާދެމުން އަންނަ ސަނީބްރޫކް ހޮސްޕިޓަލް - ފޮޓޯ: ރޮއިޓާސް

ޗައިނާގައި ދިވެހި 50 ދަރިވަރުން ކިޔަވަމުންދާކަމަށާއި އެކުދީންގެ ހާލަތު ބަލަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެެއްގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އެ މިނިސްޓްރީން އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިނިސްޓްރީގެ ލޯނާއި ސްކޮލަރޝިޕް ސްކީމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއާއި ހިއްސާ ކުރެވިފައިވާ ކަމަށެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ވުހާން ގައި ދިވެހި 6 ދަރިވަރަކު ތިބި އިރު އެޤައުމުގެ އެހެން ސިޓީތަކުގައި 44 ދަރިވަރުންނާއެކު ޖުމްލަ 50 ދަރިވަރަކު ޗައިނާގައި ތިބި ކަމަށް ހަޔާ އެޑިއުކޭޝަނުން މައުލޫމާތު ދިނެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ޗައިނާގައި މިހާރު ކިޔަވަަމުންދާ ދަރިވަރުންނާއި އާއިލާތައް ޗައިނާ އެމްބަސީގައި ރެޖިސްޓާ ވުމަށް އެދޭ ކަމަށެވެ.

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިގެން 56 މީހަކު މަރުވެފައިވާކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފިއި ވެއެވެ.ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން 1،975 މީހުންނަށް ވަނީ ފަރުވާދޭން ފަށައިފައެވެ.