ތޫނު ހަތިޔާރު ބޭނުންކޮށް ގެން ގުރައިދޫގައި ދިރިއުޅެމުން އައި ބަންގްލަދޭޝް ރައްޔިތަކު މިރޭ މަރާލައިފިއެވެ.
އޭނާ މަރާލާފައިވަނީ ގުރައިދޫ ގެ ދަނޑުވެރި ސަރަޙައްދެއްކަމަށްވާ ކަންޑަރުގައި އޭނާ ދިރިއުޅޭ ޢިމާރާތުގެ ކައިރީގައެވެ. ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެސަރަޙައްދުގައި ދިރިއުޅެމުން އައި އެމީހާ ޒަޚަމްތަކާއެކު ފެނިގެން ގުރައިދޫ ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް މަންޒަރު ދުށްފަރާތްތަކުން ކިޔާދީފައިވެއެވެ.
މިމައްސަލައާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވެއެވެ.