English Edition
Dhivehi Edition

ސަރުކާރަށް ތާއިދު ކުރާ 28 މެމްބަރުންގެ ވޯޓާއެކު އަވަށްޓެރި ސްރީލަންކާގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ ނަން ފާސްކޮށްފި އެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގެ މާލަމުގައި ތިއްބެވި ނަމަވެސް ވޯޓްގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

މުންދުގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ އަޑާއެކު މަޖިލީހުގެ ނިޒާމު ގެއްލިފައި ވަނިކޮށެވެ. ރިޔާސަތުގެ މޭޒު ވަށައިގެން ސިފައިންގެ ބައިތިއްބައިގެން ކުރިއަށް ގެންދިޔަ އެ ޖަލްސާގައި 53 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރިޔާސަތުން އިއުލާންކުރި އެވެ.

އެ މައްސަލައިގެ އިތުރުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެ ބައިވެރިވުމާ ބެހޭ މައްސަލައަށް ވެސް ވަނީ ވޯޓު ނަގާފަ އެވެ. އެ މައްސަލައިގެ ވޯޓުގައި ބައިވެރިވީ 27 މެންބަރުންގެ ވޯޓުންނެވެ.

އިއްޔެ އާއި މިއަދު ވެސް ބޭއްވި ޖަލްސާތައް ކުރިޔަށް ގެންގޮސްފައި ވަނީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ރިޔާސަތު ވަށާލައިގެން ތިބެ އެވެ.