English Edition
Dhivehi Edition
ރާއްޖެއިން ކޯވިޑް-19 ތައްޔާރުވުމަށްޓަކައި ބޭއްވި އިމެޖްންސީ ޑްރިލްއެއްގެ ތެރެއިން- ފޮޓޯ މިހާރު

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1106 އަށް އަރައިފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ރޭ 12:00 އިން ފެށިގެން މިހާތަނަށް އިތުރު 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1094 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 74 މީހުން ރަނގަޅުވެފައިވާއިރު، އެ ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

އެގޮތުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރޭގައި 83 އަހަރުގެ ދިވެހި އަންހެނަކާއި، ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހަކާއި، 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ، ހުސައިން ޢަބްދުﷲ ހިމެނެއެވެ.

މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ސަރަޙައްދު ފުރަބަންދު ކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު މެއި 28ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.