English Edition
Dhivehi Edition
ޑރ. އިބްރާހިމް އަފްޒަލް - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 15 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑަމޮއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި 04 އަންހެނުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 07 ދިވެހިންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 08 ބިދޭސީއެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 74 އަށް އަރައިފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

ރޭ 12:00 އިން ފެށިގެން މިހާތަނަށް ރާއްޖެއިން އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 1106 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.

މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މެއި 28ގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.