English Edition
Dhivehi Edition

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 300،000 އަށް އަރައިފިއެވެ.

އެގޮތުން، މުޅި ދުނިޔޭން މިހާތަނަށް ގާތްގަނޑަކަށް 302,335 މީހުން މަރުވެފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 4,509,255 އެވެ. އަދި މި ބަލިން 1,697,576 މީހުން ވަނީ މުޅީން ރަނގަޅުވެފައެވެ.

މިހާރު މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން ރަޝިޔާ އެވެ. މީގެއިތުރުން، ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ބްރެޒިލްގައި މި ބަލީގެ ނުރައްކާތެރިކަން ވަނީ އިތުރުވެފައެވެ.

އެމެރިކާ އިން މިހާތަނަށް 1.45 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 86،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. އެ ގައުމުން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 316,244 އެވެ.

އަދި ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ނުރައްކާ ބޮޑު ރަޝިޔާގައި ވޭތުވެދިޔަ 12 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 10 ހާހުގައެވެ. އޭގެނަތީޖާއެއްގެ ގޮތުން، އެ ގައުމުން މިހާތަނަށް 252,245 މީހުންނަށް ބަލިޖެހިފައިވާއިރު، 2،300 އެއްހާ މީހުން ވަނީ މަރުވެފައެވެ.

އެމެރިކާ އަށް ފަހު މިހާރު މުޅި ދުނިޔޭން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 33،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 233،000 އަށްވުރެ މަތީގައެވެ.

ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ބަލި ފެތުރޭ ގައުމުތައް:

  • އެމެރިކާ: ބަލިޖެހުނު: 1,451,696 މަރުވި: 86,603
  • ސްޕެއިން: ބަލިޖެހުނު: 272,646 މަރުވި: 27,321
  • ރަޝިޔާ: ބަލިޖެހުނު: 252,245 މަރުވި: 2،305
  • ޔޫކޭ: ބަލިޖެހުނު: 233,151 މަރުވި: 33،614
  • އިޓަލީ: ބަލިޖެހުނު: 223،096 މަރުވި: 31،368
  • ބްރެޒިލް: ބަލިޖެހުނު: 197,838 މަރުވި: 13،618
  • ފްރާންސް: ބަލިޖެހުނު: 178،870 މަރުވި: 27،425
  • ޖާމަނީ: ބަލިޖެހުނު: 174,975 މަރުވި: 7،928
  • ތުރުކީ: ބަލިޖެހުނު: 144،749 މަރުވި: 4،007
  • އީރާން: ބަލިޖެހުނު: 114،533 މަރުވި: 6،854