English Edition
Dhivehi Edition
އެމްއެންޑީއެފްގެ އޮފިސަރުންތަކެއް ޕީޕީއީގައި - ފޮޓޯ: މީސްމީޑިއާ

ރާއްޖެއިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް (އެންއީއޯސީ)ގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ރެއިން ފެށިގެން މިރޭގެ ބައްދަލުވުން ފެށުމާއި ހަމައަށް އިތުރު 51 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 955 އަށް އަރާފައިވާއިރު، މިވަގުތު 910 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 40 މީހަކު ރަނގަޅުވެފައިވާއިރު، މި ބަލީގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށްވާއިރު، އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.

މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މާދަމާގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު ހަމަވާނެއެވެ.