English Edition
Dhivehi Edition

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) ގެ ނިއޯ ނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި މަސައްކަތް ކުރާ ނަރުހެއްގެ ނަތީޖާ ކުރިން ޕޮޒިޓިވްވިޔަސް ފަހުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ،

އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު، މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓުކުރި އެންއައިސީޔޫގެ ނަރުސް މީހާގެ ފުރަތަމަ ޓެސްޓުން އޭނާ ކޮވިޑް-19 އަށް ފޮޒިޓިވްވިނަމަވެސް ފަހުން ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ،.

އިއްޔެ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑރ. އަލީ ނަޒީމް ވިދާޅުވީ، އެ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެކަމަކު އެ މީހުން އެ ބައްޔަށް ހުށަހެޅުނީ އައިޖީއެމްއެޗުގެ އެތެރޭގައި ނުވަތަ ބަޔަކަށް ފަރުވާ ދިނުމުގެ ތެރެއިން ނޫންކަމަށެވެ. މި ކަމާ ގުޅިގެން އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަންގައި ތިބި އިރު އެންއައިސީޔޫގައި ތިބި ތުއްތުކުދިންވެސް ކޮވިޑް-19 އަށް ޓެސްޓުކުރަން އެ ހޮސްޕިޓަލުންވަނީ ނިންމާފައެވެ.

މިހާރު ހަމަޖައްސާފައިވާ އުސޫލުގެ ދަށުން، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެ މީހަކު ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާނެ އެވެ.