English Edition
Dhivehi Edition
އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ޞާދިޤު

ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސީރިއަސް ކޮށް އަޅަން ޖެހޭ ކަމަށާއި މިކަން ދެން ލުއިކޮށް ނުނަގާނެ ކަމަށް އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫން ކޮވިޑް-19ގެ ޕޮޮޒިޓިވް ކޭހެއް ފެނުމާ ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ސޯބެ ވިދާޅުވީ މިއަދުން ފެށިގެން ފުލުހުންގެ ޕާމިޓާއި ދެން ވެސް ގެއިން ނުކުންނަން ކޮންމެހެން ޖެހޭ ހާލަތެއްގައި ނަގަން ޖެހޭ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ބޭރުތެރޭގައި އެއްވެސް ބަޔަކު އުޅެގެން ނުވާނެ ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މަނާ ކޮށް އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައިވީ ނަމަވެސް ގިނަ ބަޔަކު މަގުމަތީގައި ހަރަކާތްތެރިވާތަން ފެންނަކަން ފާހަގަކޮށްލެވެއެވެ.

ހިތުގެ މައްސަލައެއްގައި ރޭ ފަރުވާ އަށް އައްޑޫން މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްގެން ވެފައިވާއިރު އެމީހާ އާއި ބައްދަލު ކުރުމަށް ގިނަ ބަޔަކު ރޭ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޗްއީއެޗްގެ މެނޭޖަރު ޝަރަފުއް ސާދާތު ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލްގައި އޮތްއިރު ޒިޔާރާތް ކުރުމުގައި ރެސްޓްރިކްޝަންތަކެއް އޮތް ކަމަށާއި ނަމަވެސް އެއާއި ހިލާފަށް ޒިޔާރަތް ކުރުމުގައި އަމަލު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ބަލިމީހާ ފުރުވަން ވެސް މީހުން ދިޔަކަން ފާހަގަ ކުރެވިފައިވާކަން ސާދާތު ވަނީ ފާހަގަ ކުރައްވާފައެވެ

ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓްވި 26އަށްވުރެ ގިނަ ޕްރައިމަރީ ކޮންޓެކްޓެއް ވަނީ މިހާރު ގޭގައި އައިސޮލޭޓްވާން އަންގާފައިވާއިރު ޕްރައިމަރީ ކޮންޓެކްޓުންނާއި ބައްދަލުވި ސެކަންޑަރީ ކޮންޓެކްޓްތައްވެސް ހޯދުމުގެ މަސައްކަތް ކުރަމުން ކުރަމުން އަންނަ ކަމަށް ސާދާތު ވިދާޅުވިއެވެ.

 

 

1 ކޮމެންޓް
ޔާމްބެ
މެއި 9, 2020
ކުރާނެ ކަމެއްނެތް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ތިޔަބަލި ތިއޮތީ ހުވަދޫ ކަނޑާ އައްޑޫ ކަނޑު ހުރަސްކޮށް އައްޑުވަށް ވެސް ގޮށްސަ ? ކަލުންނާ ކަނބަލުންނަށް ބުނެލަންއޮތީ އިތުރައް ބަލި ފެތުރުނަ ނުދިނުމައްޓަކާ ކުރެވެންހުރި ކަނަތައްތައް ދެނެގަނެ ފަރުދީ ޒިންމާ އަދާ ކުރައްވާށޭ ބައެއް މީހުން ހަދާހެން ސަރުކާރައް ދެރަދޭށޭ ކިޔާފަ ނިކުމެގެން މަގުމަތީ ނުދުވާށޭ