English Edition
Dhivehi Edition

ޓާގެޓަކީ ޖުލައި މަސް ތެރޭ ޓުއަރިޒަމަށް ހުޅުވާލުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިއަދު ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ އަބަދު ލޮކްޑައުންގެ ހާލަތުގައި ނުބޭއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިކަމުގައި ގޮތެއް ނިންމަވާނީ، ސިއްހީ މާހިރުންގެ ލަފައައާ އިރުޝާދުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެއްވިއްޖެ ނަމަ، ރާއްޖޭގެ އެތެރޭގެ އިގްތިސާދު މި ހިނގާ މެއި މަހާއި ކުރިއަށް އޮތް ޖޫން މަހާ ދެމެދު ހުޅުވިދާނެ ކަމަށް ބެލެވޭ ކަމަށާއި ޓާގެޓަކީ ޖުލައި މަސް ތެރޭ ޓުއަރިޒަމަށް ހުޅުވާލުން ކަމަށެވެ.އަދި ޓުއަރިޒަމް ހުޅުވާލުމާ ގުޅޭ ޕްލޭންތައް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވަމުން ގެންދަވާ ކަަމަށާއި އެ ކަމުގައި ފަހުގެ ނިންމުމެއް ނިންމަވާނީ، އެކަމަށްޓަކައި ކަނޑައަޅާފައިވާ ޓާސްކްފޯސް އިންކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން ދުނިޔޭގެ އިގްދިސާދަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު ރާއްޖޭގެ އިގްތިސާދަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ،