English Edition
Dhivehi Edition
ހެރެތެރެ ރިސޯޓް/މިތަނުގައި ވަނީ މާލޭން ގެންނަ މީހުން ކަރަންޓީން ކުރުމަށް ނިންމާފަ

އައްޑޫސިޓީ ގެ ހެރެތެރެ ކަރަންޓީން ފެސިލިޓީން ފިލި 3 މީހަކު ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އިއްޔެ ގެނެވުނު އައްޑުއާއި ފުވައްމުލަކުގެ 92 މީހުން ހެރެތެރެ ކަރަންޓީން ފެސިލިޓީގައި ބައިތިއްބާފައިވަނިކޮށް ބުދަދުވަހު އޭގެ ތެރެއިން 5 މީހަކު ވަނީ ފިލާފައެވެ. މި ފަސް މީހުންގެ ތެރެއިން ހޯދުނު 3 މީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކޮވިޑް 19 އާއިގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި މާލެއިން އަންނަ މީހުން ދަނީ ހޯމް އައިސޮލޭޝަނަށް ނުވަތަ ކަރަންޓީން ފެސިލިޓީ ތަކުގައި ޢާއްމުންނާ އެކަހެރިކޮށް ބައިތިއްބައިގެން ކަރަންޓީން ގެ މުއްދަތު ހަމަކުރަމުންނެވެ.