English Edition
Dhivehi Edition

ސަބްމެރިން ސޯސް އަކީ މިހާރަކަށް އައިސް ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ ސޯހެކެވެ.ގޭގައި ސަބްމެރިން އެއް ހަދާލަން ބޭނުން ވެއްޖެ ނަމަ ސަބްމެރިން ސޯސް ނުވަތަ ސަބްސޯސް މުހިއްމު ރޯލެއް އަދާކުރާއިރު މިއީ މިހާރު ލޯކަލް ޕްރޮޑަކްޓެއްގެ ގޮތުގައި ފިހާރަތަކުގައި ވިއްކަންވެސް ހުންނަ ބާވަތެކެވެ.

ސަބްމެރިން ސޯސް އެމީހަކު ބޭނުންވާ ރަހަތަކާއެކު ގޭގައިވެސް ހަދާލެވިދާނެއެވެ. ގޭގައި ޢާއްމު ކޮށް ހުންނަ ބައެއް ތަކެތި ބޭނުންކޮށްގެން ހަދާލެވޭއިރު ބިސް،ތެޔޮ،ލޮނުމިދު،ވިނެގަރ ، މި 4 ބާވަތް އެކަނި ހުއްޓަސް ސޯސް ތައްޔާރު ކޮށްލެވިދާނެއެވެ. އޭގެއިތުރަށް ބޭނުންކޮށްލާ ލޮނު،ހަކުރު،އަސޭމިރުސް،ހާބް،އަދި މަސްޓަޑް ކްރީމް މިއީ އެމީހަކު ބޭނުންވާ ރަހައެއް ގެނައުމަށް އުނި އިތުރު ކުރެވިދާނެ ބާވަތްތަކެކެވެ.

އަޖްމަ ބައްލަވާލަން ނަމަވެސް ސަބްސޯސް ތައްޔާރުކޮށްލައްވާށެވެ. ކަމުދަންޏާ އަވަށްޓެރިންނަށްވެސް ބޭނުންވާނެހެން އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ބާޒާރަށް ނެރެ ވިއްކަންވެސް ބެހެއްޓިދާނެއެވެ.

ބޭނުންވާ ތަކެތި:

3 ބިސް

1ސައިސަމްސާ ލޮނުމިދު ޕައުޑަރ ނުވަތަ ޕޭސްޓް

½ ސައިސަމްސާ ހަކުރު

1 މޭޒުމަތީ ސަމްސާ މަސްޓަޑް ކްރީމް

½ ސައިސަމްސާ މުގުރި އަސޭމިރުސް

500މިލިލީޓަރ ސަންފްލާވަރ އޮއިލް

1 މޭޒުމަތީ ސަމްސާ ވައިޓް ވިނެގާ ނޫނީ ލުނބޯ ހުތް

½ ސައިސަމްސާ އޮރެގާނޯ

½ ސައިސަމްސާ ލޮނު

 

ތައްޔާރު ކުރާނެ ގޮތް

މިކްސަރަށް ތެލުގެ 3 ބައިކުޅަ އެއްބަޔާއި ދެން ހުރި ހުރިހާ ބާވަތެއް އަޅައިގެން ބްލެންޑް ކޮށްލުމަށްފަހު ބާކީ ހުރި ތެޔޮވެސް ދެފަހަރު މަތިން އަޅާ ބްލެންޑް ކޮށްލުމުން އެހެރީ ސަބްސޯސް ތައްޔާރު ކުރެވިފަ.

މި ސަބްސޯހަކީ ސަބްމެރިންގެ އިތުރުން ސޭންޑްވިޗް އަދި ޕަނީނީ ހެދުމަށްވެސް ބޭނުން ކުރެވިދާނެ ސޯހެކެވެ. ފިޝް އެންޑް ޗިޕްސް އާއެކު ޑިޕް ސޯސްއެއްގެ ގޮތުގައިވެސް އިންސާފް ކޮށްލެވިދާނެއެވެ.