English Edition
Dhivehi Edition

ކޮވިޑް-19 ގެ ސަބަބުން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަ، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އައްޑޫސިޓީގެ ކެނަރީފް ރިސޯޓު (ކުރީގެ ހެރެތެރެ ރިސޯޓް) ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން ދެ ރިސޯޓް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު އަލީވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރާއި ދެކުނުގައި ހަމަޖައްސާފައިވާ ފެސިލިޓީތައް މިރެ އާއި މާދަމާ އެކްޓިވްކުރަން ފަށާނެ ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތްކޮށް ކޮވިޑް-19 އިން ސަލާމަތް ވެވޭނެ ކަމަށް ވެސް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީން ފެސިލިޓީގެ ގޮތުގައި އުތުރުން ހަމަޖައްސާފައިވަނީ ހއ. ދޮނަކުޅީގައި ހިންގާ ހައިޑަވޭ އައިލެންޑް ރިސޯޓެވެ. އެއީ 100 އެނދުގެ ރިސޯޓެކެވެ. ދެކުނުން ހަމަޖައްސާފައިވަނީ 270 ކޮޓަރީގެ ކެނަރީފް ރިސޯޓެވެ.

އައްޑޫސިޓީގެ ކެނަރީފް ރިސޯޓް ކޮވިޑް 19 އަށް ޚާއްޞަ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ތައްޔާރުކޮށްފައިވާއިރު ގަމުގައި ހުންނަ ދޫގަހާއި މަރަދޫފޭދޫ ވޭވް ސައުންޑުވެސް ވަނީ ކަރަންޓީނު ފެސިލިޓީސް ގެ ގޮތުގައި ތައްޔާރުކޮށްފައެވެ. މީގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރުއެޗް) ކޮވިޑަށް ޚާއްޞަ ހޮސްޕިޓަލެއްގެ ގޮތުގައި ދަނީ ތައްޔާރު ކުރަމުންނެވެ. މި ހޮސްޕިޓަލުގައި 20 އެނދުގެ އައިސީޔޫއެއް ހުންނާނެ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއް ސާދާތު ވަނީ ވިދާޅުވެފައެވެ. އަދި މި ހޮސްޕިޓަލުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ސާދާތު ވިދާޅުވިއެވެ.

ކޮވިޑް 19 އަށް މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުން މީހުން ޕޮޒިޓިވް ވަމުން އަންނަ އިރު އައްޑޫސިޓީން މިހާތަނަށް ނެގި ހުރިހާ ސާމްޕަލް ތަކެއްވެސް ނެގެޓިވް ކަމަށް ސާދާތު ވިދާޅުވިއެވެ.

1 ކޮމެންޓް
އައްޑޫ ލެއި
އޭޕްރީލް 30, 2020
ކަރަންޓީން އަށް ގެނައުމުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރުން ބުއްދިވެރި. ސަބަބަކީ ރިސޯޓްތަކުން އެންމެފަހު ގެސްޓް މީހާ ފުރިތާ 25ދުވަސް ނުވަތަ އެޔައްވުރެން ގިނަ ދުވަސް ކޮށްފަ ފުރަން އައިމީހުން މާލޭގަ ތާށި ކޮށްފަ އެތައް ދުވަހެއްވެއްޖެ. އެމީހުން އެކަހެރި ކޮށްފަ ތިއްބަސް މިހާރު މާލޭގެ ހާލަތު ހުރިގޮތުން މިހެން މިދެންނެވީ