English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން ބަންދުކުރި ކެނަރީފް ރިސޯޓު އަލުން ހުޅުވައިފިއެވެ.

އައްޑޫސިޓިގެ ހުޅުމީދޫ ކައިރީގައި އޮންނަ މި ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފައި މިވަނީ ބަންދުކޮށްފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. ކޮވިޑް-19ގެ ސަބަބުން މާލީ ހާލާތު ދަށްވެ އެ ރިސޯޓު ބަންދު ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ކެނެރީފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 271 ކޮޓަރި ހުންނަ އެ ރިސޯޓު މިފަހަރު ހުޅުވަނީ އެރައިވެލް ޖެޓީ އާއި ރިސެޕްޝަންގެ އިރުމައްޗަށްވާ ގޮތަށް ހުންނަ 142 ކޮޓަރި ކަމަށެވެ. އަދި ރިސޯޓު ހުޅުވިއިރު 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި، ރިސޯޓް ލައިފުން ބުކްކޮށްފައިވާ ކަމަށާއި އެތަން އަލުން އޮޕަރޭޝަނަށް ގެންނަން އެ ކުންފުނިން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.

މީގެ އިތުރުން ރިސޯޓް އަލުން ހުޅުވުމަށްޓަކައި ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ކެނަރީފުން ވަނީ ބުނެފައެވެ.

ކޮވިޑާ ހެދި ގިނަ ދުވަސްތަކެއް ވަންދެން ރިސޯޓު ބަންދު ކުރުމާ ގުޅިގެން އެތަނުގައި ވަޒީފާ އަދާ ކުރަމުން ދިޔަ އައްޑޫގެ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހެރެތެރެ އާއެކު އޭރު ބަންދުކުރި، އައްޑޫގައި އޮޕަރޭޓް ކުރަމުން އަންނަ އަނެއް ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.