English Edition
Dhivehi Edition

އިންޑިއާގެ ބޮލީވުޑް އެކްޓަރ އިރުފާން ހާން މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

އިރުފާންހާން އުމުރުން 53 އަހަރުގައި ނިޔާވީ ގޮހޮރުގެ އިންފެކްޝަނަކަށް ފަރުވާ ހޯދަމުން ދަނިކޮށް މުމްބާއީގެ ހޮސްޕިޓަލެއްގައެވެ.

2018 ވަނަ އަހަރު އިރުފާން ހާން ވަނީ ކެންސަރު ޖެހި އެބައްޔަށް ފަރުވާ ކޮށްފައެވެ. ނިއުރޯއެންޑޯކްރީން ޓިއުމަރެއް އިރްފާންގެ ހަށިގަނޑުގައި ހުރެގެން ފަރުވާ ހޯދަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު އިއްޔެގެ ވަގުތެއްގައި އޭނަގެ ހާލު ގޯސްވުމުން އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށް އޭނަގެ ސްޕޯކްސް ޕާސަން ބުނެފައި ވެއެވެ.

އިރުފާން ހާން ނިޔާވުމާއި ގުޅިގެން ބޮލީވުޑްގެ ތަރިންގެ އިތުރުން އޭނަގެ ފޭނުން ދަނީ އާއިލާ އަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

އިރްފާންގެ ބައެއް ފިލްމްތަކަށް ބަލާއިރު، ދަ ލައިފް އޮފް އަ ޕައި އަންގްރޭޒީ މީޑިއަމް، މަގްބޫލް، ސްލަމްދޯގް މިލިއަނާ އަދި ކަރްވާންވެސް ހިމެނެއެވެ.