English Edition
Dhivehi Edition

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަކީ ލެބޯޓަރީއަކުން އައި ވައިރަސްއެއް ކަމަށް އެޗްއައިވީ ވައިރަސް ހޯއްދެވި ސައިންޓިސްޓް އަދި 2008 ވަނަ އަހަރު ނޮބެލް ޕްރައިޒް ވެސް ލިބިވަޑައިގެންނެވި ލުކް މޮންޓެގްނާ ވިދާޅުވެއްޖެެ އެވެ.

ފްރާންސްގެ ސީ ނިއުސް ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެ ވައިރަސް ހެދީ ކޮންބައެއްކަން ބުނަން ނޭގޭ ކަމަށާއި އެހެންނަމަވެސް އޭނާ ބުނދޭން ބޭނުންވަނީ ފެކްޓްސްތައް ކަމަށެވެ.މި ގޮތުން ކޮރޯނާ ވައިރަސްގައި އެޗްއައިވީ ޖެނެޓިކް އެލިމަންޓްސްތައް ހިމެނޭ ކަަމަށާއި ގުދުރަތީ ގޮތުން އުފެދޭ ވައިރަސްއަކުން އެހެން ނުވާނެ ކަމަށް ލުކް ވަނީ ވިދާޅުވެފައެވެ. އެ ވައިރަސް އުފެއްދާފައިވަނީ ކަމުގެ ތަޖުރިބާކާރު މީހުން ކަމަށް ތުހުމަތު ކުރެއްވަމުން ލުކް ވިދާޅުވީ ކޮރޯނާ ވައިރަސްގައި އެހެނިހެން ވައިރަސްތަކުގައި ހުންނަ ބައިތައް ހުންނަ ކަމަށާއި އެގޮތުން ވާލުން އަންނަ ވައިރަސްގެ ބައިތައްވެސް ހިމެނޭ ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާކުރުމަށް އެއިޑްސްއަށް ފަރުވާކުރުމަށް ބޭނުންކުރާ ބައެއް ބޭސްތައް މިހާރު ވެސް ބޭނުންކުރަމުން އަންނައިރު ލުކް ވިދާޅުވީ އެ ވައިރަސް އުފެއްދީ ކޮން ގައުމެއްގެ ލެބޯޓަރީއަކުން ކަން ބުނެދޭން ނޭގުނު ނަމަވެސް ވައިރަސްގައި އެއިޑްސް ބަލި ޖައްސާ އެޗްއައިވީގެ ބައިތައް އެބަހުރި ކަމަށެވެ. މީގެ އިތުރުން ލުކް ވިދާޅުވީ އެ ވައިރަސް އަކީ ކޮން މަގްސަދެއްގައި އުފެއްދި ވައިރަސްއެއްކަން ނޭގޭ ކަމަށާއި އޭނާއަށް ލަފާކުރެވޭ ގޮތުގައި އެ ވައިރަސްއަކީ އެއިޑްސްއަށް ވެކްސިނެއް އުފައްދަން ކުރި މަސައްކަތްތަކުގެ ތެރެއިން އުފެއްދި ވެކްސިނެއްކަމަށް ފަހަރެއްގައި ވެދާނެ ކަމަށެވެ.

.މިދިޔަ ޖެނުއަރީ މަހު އިންޑިއާގެ ރިސާޗް ގްރޫޕްއަކުން ޝާއިއުކުރި ޕޭޕާއެއްގައިވެސް ވަނީ އެޗްއައިވީ ވައިރަސްއާ ކޮވިޑް-19 އާ ހުރި އެއްގޮތް ކަންތައްތަކެއް ބަޔާންކޮށްފަ އެވެ. އެހެން ނަމަވެސް ފަހުން އެ ޕޭޕާ ވަނީ ނަގައިފަ އެވެ.

ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފަހަރަށް ފެނުނު ކޯވިޑް19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް އަކީ ކޮންމެވެސް ގައުމެއްގެ ލެބޯޓްރީއެއްގައި އުފެެއްދި ވައިރަސްއެއް ކަމަށް މީގެ ކުރިންވެސް ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ. މި ގޮތުން ކޮވިޑް-19 ބަލި ޖައްސާ ކޮރޯނާވައިރަސް އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެގެން ނުކުތް ވައިރަސްއެއް ކަމަށާއި މިއީ ޗައިނާއިން އުފައްދައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ދޫކުރި ވައިރަސްއެއް ކަމުގައި އެމެރިކާއިން ވަނީ ބުނެފައެވެ.މީގެ އިތުރުން ޗައިނާ އިން މިއީ އެމެރިކާއިން އުފެއްދި ވައިރަސް އެއްކަމަށް ބުނެފައިވާއިރު މި ވައިރަހާ ގުޅޭ މޮލިކިއުލަރ ލެވެލްގެ ދިރާސާތަކެއް ކުރި ސައިންސްވެރިން ބުނީ ކޯވިޑް 19 އަކީ ބަޔޮލޮޖިކަލް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަން އިންސާނަކު އުފެއްދި ވައިރަހެއް ނޫން ކަމަށެވެ.އަދި ކޯވިޑް19ގެ ކުރިން އާންމުވި އެއްވެސް ވައިރަހެއްގެ ޑީއެންއޭ އެއް ކޯވިޑް19 އިން ފެނިފައި ނުވާކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

މައުލޫމާތު: ސީ ނިއުސް ޗެނަލް

.

1 ކޮމެންޓް
Koaffa
އޭޕްރީލް 30, 2020
Mi Allah ge koafaaa. Miyhun nubaivoyma vaa goi