English Edition
Dhivehi Edition

ދިވެހިރާއްޖޭގައި ހަދާ ކަރަންޓީން ފެސިލިޓީތަކުގެ މަސައްކަތައް ޗައިނާގެ ކުންފުނިތަކުން އެހީތެރިވަމުންދާކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖާން ލިޖޯން މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ އެދުމަކަށް، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަންއިން 100 އަށް ވުރެ ގިނަ މުވައްޒަފުންނާއި ސާމާން، 800 މީހުންގެ ޖާގައިގެ ވަގުތީ ކަރަންޓީން ފެސްލިޓީތައް ހެދުމަށް ދީފައިވާކަމަށެވެ.

ފޮޓޯ: ސޯޝަލް މީޑިއާ
ފޮޓޯ: ސޯޝަލް މީޑިއާ

މީގެ އިތުރުން ހުޅުމާލޭގައި އެޑްމިޓް ކޮށްގެން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހަދަމުން އަންނަ 327 މީހުންގެ ޖާގައިގެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތަކަށް ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕުން 40 މުވައްޒަފުން ފޮނުވަން ނިންމާފައިވާކަމަށްވެސް ސަފީރުވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ޗައިނާއިން ވަނީ، ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމަށް 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.