English Edition
Dhivehi Edition
ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވަނީ - ފޮޓޯ/ރައީސް އޮފީސް

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ކޮންގް ޝިއަންހުއާ މިއަދު ވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން ހުންނެވި ސަފީރު ވަން ލިޒިންގެ ދައުރު ހަމަވުމުންނެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުމަށްފަހު ދެ ބޭފުޅުން ވަނީ މަޝްވަރާތަކެއް ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ބޭނުންވާ ކަންކަމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އެންމެފަހުން ހުންނެވި ސަފީރު ވަން ލިޒިންގެ މަގާމުގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޚާރިޖީގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.