English Edition
Dhivehi Edition

ސްޕެނިޝް ލަލީގާ ގައި ރޭ ބާސެލޯނާ އަދި ރެއާލް މެޑްރިޑް ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.

ރޭ ޝްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް އާއި ޑި÷ޕޯޓިވޯ ލީގުގައި ކުޅުނު ފުރަތަމަ މެޗު ރިއަލްއިން ކާމިޔާބު ކޮށްފައިވަނީ ޑިޕޯޓިވޯގެ ދަނޑުގައި ކުޅެ 3-0 ލަނޑުންނެވެ.

މިމެޗުގައި ރިއަލްމެޑްރިޑްގެ ފަރާތުން ވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރިއަލްމެޑްރިޑް އިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައި ބޭލް ކާމިޔާބުކޮށް ދިން ލަނޑުންނެއެވެ. އަދި އޭގެ 7 މިނެޓު ފަހުން ކަސިމޭރޯ ވަނީ ރިއަލްމެޑްރިޑް 2 ވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ.އަދި ހަމަ ރިއަލް މެޑްރިޑުން މެޗުގައި ތިން ޕޮއިންޓް ކަށަވަރު ކުރީ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދީފައިވަނީ ޓޯނީ ކްރޫސްއެވެ.

ރޭގެ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރިއަލްމެޑްރިޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެން ޑިޕޯޓިވޯއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެންޑޯން ފޮނުވާލި ޕެނަލްޓީ ކީޕަރު ނަވާސް ވަނީ މަތަކޮށްފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާގެ އަމިލަށް ދަނޑުގައި ރިއަލް ބެޓިސްއާއި ވާދަކޮށް ބާސެލޯނާއިން ވަނީ 2-0 ލަނޑުން މެޗު ކާމިޔާބުކޮށްފައިވާއިރު ބާސެލޯނާގެ ފުރަތަމަ ލަނޑަކީ ރިއަލްބެޓިސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.ރޭގެ މެޗުގެ 36 ވަނަ މިނެޓުގައި އަލިން ޓޮސްކާ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު ބާސެލޯނާ އަށް ލީޑު ލިބުނު ނަމަވެސް މި ލީޑު ފުޅާކޮށް ދީފައިވަނީ ދެ 39 ވަނަ މިނެޓުގައި ސާޖި ރޮބާޓޯ އެވެ.