English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އެމެރިކާ އިން މިހާތަނަށް މަރުވި މީހުންގެ އަދަދު ބައިލައްކަ އަށް ވުރެ އިތުރުވެއްޖެއެވެ.

އެގޮތުން، އެެމެރިކާ އިން މިހާތަނަށް އައިއިރު ބަލިޖެހުނު މީހުންގެ އަދަދު 9 ލައްކަ އަށްވުރެ އިތުރުވެފައިވާއިރު، 50 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މުޅި އެމެރިކާ އަށް ބަލާއިރު އެންމެ ހާލަތު ގޯސްކޮށް އުޅޭ ނިއު ޔޯކުން އެކަނިވެސް 16 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން، އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން 90 ހާހަށް ވުރެ ގިނަ މީހުން މުޅިން ރަނގަޅުވެފައިވާއިރު، ހާލު ބޮޑުވެގެން ގާތްގަނޑަކަށް 14،932 މީހުންނަށް އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބައްޔަށް މުޅި ދުނިޔެއިން ގާތްގަނޑަކަށް 2.8 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، ދެ ލައްކަ އާ ގާތްކުރާ ވަރަށް މީހުން ވަނީ މަރުވެފައެވެ.