މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ރޯދަ މަހުގެ 2 ވަނަ ދުވަހުންފެށިގެން 27 ރަމަޟާން 1441 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ޖެހުމާއި ހަމަޔަށް ކުރިއަށްދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ޒަކާތުގެ ފައިސާ އޮންލައިން ކޮށް ޖަމާކުރެވޭ ގޮތަށް ހަމަޖެހިފައިވާ އިރު ފައިސާ ޖަމާކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލް އިދާރާގެ ބީ.އެމް.އެލް އެކައުންޓަށެވެ. އެކައުންޓް ގެ ތަފްސީލް ތިރީގައި އެވަނީއެވެ.
އެކައުންޓް ނަންބަރ: 7708700341004
އެކައުންޓް ނަން: 1277-Kharadhu 2
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ އަގެވެ.
އައްޑޫސިޓީގައި އާދައިގެ ހަނޑުލުންނަމަ ދައްކަން ޖެހޭނީ 12 ރުފިޔާއެވެ. ތައިލެންޑްގެ ހުދު ހަނޑުލުންނަމަ 31 ރުފިޔާ ދައްކާއިރު ބާސްމަތި މޮޅު ހަނޑުލުންނަމަ ދައްކަން ޖެހޭނީ މީހަކަށް 55 ރުފިޔާއެވެ. ރަތް ހަނޑުލުންނަމަ މީހަކަށް 62 ރުފިޔާ ދައްކާއިރު އާދައިގެ ފުށުންނަމަ މީހަކަށް ދައްކަން ޖެހޭނީ 9 ރުފިޔާއެވެ.
ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރި ޓްރާންސްފަރ ސްލިޕް އެ މީހަކު ހިމެނޭ އަވަށެއްގެ ވައިބަރ ނަންބަރަށް ފޮނުވާއިރު ސްލިޕްގެ ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިއުއްވުމަށް ކައުންސިލުންވަނީ އެދި ވަޑައިގެންފައެވެ.
އަވަށް އަވަށުގެ ވައިބަރ ނަމްބަރުތައް :
# | އަވަށް | ވައިބަރ ނަންބަރ |
1 | ހިތަދޫ އަވަށް | 9494495 |
2 | މަރަދޫ އަވަށް | 7900621 |
3 | މަރަދޫ ފޭދޫ އަވަށް | 7651634 |
4 | ފޭދޫ އަވަށް | 7902809 |
5 | ހުޅޫދޫ އަވަށް | 7938600 |
6 | މީދޫ އަވަށް | 7842725 |