ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ކޮރޯނާވައިރަސް ޓެސްޓް ނެގެޓިވްވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލެއް ހާމަކުރައްވައިފިއެވެ.
“ބޮޑު ވަޒީރު އިމްރާން ޚާންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް އުފަލާއެކު ހާމަކުރަން،” އިމްރާން ޚާންގެ ސްޕެޝަލް އެޑްވައިޒާ އޮން ހެލްތު ޑރ. ޒަފަރް މިރްޒާ ކުރެއްވި ޓުވީޓެއްގައިވެއެވެ.
ކޮރޯނާވައިރަހަށް އިމްރާން ޚާން ޓެސްޓްކުރީ މީގެ ހަ ދުވަސް ކުރިން އެ ގައުމުގެ މަޝްހޫރު ފިލަންތްރޮޕިސްޓެއް ކަމަށްވާ ފައިސަލް އެދްހީ އާ ބައްދަލު ކުރެއްވި ފަހުންނެވެ. އެދްހީ ވަނީ މި ހަފްތާގެ އަންގާރަ ދުވަހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައެވެ.
މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލާއާފާތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރާ ކޮވިޑް-19 އަށް ޕާކިސްތާނުން ވެސް މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާއިރު، ގާތްގަނޑަކަށް 212 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
Prime Minister Imran Khan was tested today for SARS-CoV-2 (the virus strain that causes coronavirus disease 2019 [COVID-19]. The test used was a polymerase chain reaction (PCR). I am happy to report that his test is NEGATIVE. <289>
— Zafar Mirza (@zfrmrza) April 22, 2020