English Edition
Dhivehi Edition

އޭއޯ ނިއުސް އިން ތައްޔާރަކެޑެ ޔޫޓިއުބް ޗެނެލް، ‘އޭއޯ ނިއުސް ޗެނެލް’ ޑިޖިޓަލް ސްޓޯޑިއޯކާއި އެއްކޮއް ލޯންޗު ކެޑެއި، ނޯހާއި 9 ވަނަ އަހަރީ ދުވަހާއި ދިމާކޮއް އެޕްރީލު 20 ވަނަ ދުވަހި،
“އޭއޯ ނިއުސް ޗެނެލަކީ އައްޑޫ އަމެއްލަ ފަރުދަކާ އައްޑޫއެ ގާއިމުކެޑެ އެންމެ ފެރެތުމަ ޑިޖިޓަލް ސްޓޫޑިއޯ.
ކޮވިޑް އޮޱޮވިއްސާއި ހެދީ ޚާއްޞަ ހަފްލާކަސް ނިބާއި ސޯޝަލް މީޑީއާއި ޗެނަލް ލޯންޗުކެޑެކޯ އޭއޯ ނިއުސްއެ އައު އޮފީސް އިމާރާތަސް ހުޅުވަލިޔެ. ހިތަދޫ ބޮނޑަމަގި ހުޅުވި މި އޮފީހެ މަސައްކައް ކެރާޱެ ސްޓޭޝަނަކާއި ޑިޖިޓަލް ސްޓޫޑިއޯކަސް ގާއިމުކެޑާ.
ޗެނަލް ހުޅުވިކޯ، މީޑިއާގެ މަސައްކަތައް ޝައުގު ހިށި އައްޑޫ ޒުވާނުން އެކަމައް ތަމްރީނުކެޑުމަސް ކުރިއައު އެއި. އަދި އޭއޯން އޮތީ މައްތެ ސާނަވީއައް ކިޔަވާ ކުދިންގެ އެތެރުން މީޑީއާގެ މަސައްކަތައް ޝައުގު ހިށި އައްޑޫ ދެޖިންސުގެ ޒުވާނުންނައް އިންޓަރންޝިޕްގެ ފުރުސަތަސް ހުޅުވަފެއި.

އޭއޯ ނިއުސް އުން މެހެއިތާން ކެޑެ މަސައްކަތުން އައްޑޫ ޒުވާނުން ނޯސްވެރިކަމުގެ ދާއިރާއް ތަމްރީނުކޮއް މުޖުތަމާއް ނުކުންމަފެއިވޭކޯ ޚާއްޞަ އިސްކަމައް ދެރެގެން “ސްކޫލް މީޑިއާ” ގެ ނަމި އިސްކޫލެ ކުދިންނަސް މި ދާއިރާއް ތަމްރީނު ކެޑުމުގެ މަސައްކަތަސް ކުރިއައުއެއި.

އޭއޯ ނިއުސް އަކީ އައްޑޫއެ އެންމެ ފެރަތުމާއް ފެއްޓި އޮންލައިން ނޯސް މީޑިއާ. 2011 ވަނަ އަހަރު މި މީޑިއާ ވުޖޫދައް އާކޯ ނޯހާގެ ނަމަކީ “އައްޑޫއޮންލައިން”