މާލެ ސިޓީން އަނެއްކާވެސް އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފުލޫ ކުލިނިކަށް ދިޔަ ދެ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނި ކުރި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
Case: MAV085, MAV086
Samples taken from a flu clinic of 2 Maldivian nationals present with #COVID19 like symptoms have been tested POSITIVE for #COVID19.
This totals the number of confirmed cases in Male’ City to 66.
The individuals will be moved to an Isolation Facility.
— Health Protection Agency (@HPA_MV) April 21, 2020
މިއާއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 66 އަށް އަރާފައިވާއިރު، މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86 އަށް އަރައިފަ އެވެ. ކޮވިޑް-19 އިން މިހާތަނަށް ރާއްޖެއިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.
އަންގާރަ ދުވަހުވެސް މާލެއިން 10 ދިވެހިންނާއި 07 ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި 80 އަހަރުގެ މީހަކުވެސް ހިމެނެއެވެ. އެމީހާ އަށް ދަނީ މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
މީގެ އިތުރުން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހޯމަ ދުވަހު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ ބޯޓުގައި ފުރުވަން ހަމަޖެހިފައިވާ ތިން ބިދޭސީއަކާއި، ބޭންކް އޮފް ސިލޯންގެ މުވައްޒަފަކާއި އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފަކާއި ސިފައިންގެ މީހަކުވެސް ހިމެނެއެވެ.