English Edition
Dhivehi Edition
ނ. މިލަދޫ އެސްޓީއޯ ފާމަސީގެ ދޮރު ހަލާކުކޮށްލާފައި - ފޮޓޯ: ޕޮލިސް

ނ. މިލަދޫގައި ހުންނަ އެސްޓީއޯ ބޭސްފިހާރަ ފަޅާލައި، އެތަނުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީ މިލަދޫ އެސްޓީއޯ ފާމަސީގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އަތަނުގެ ތިޖޫރީ ވަގަށް ނަގާފައިވާ މައްސަލަ އޭޕްރީލް 20 ވަނަ ދުވަހުގެ 09:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ތިޖޫރީގައި ގާތްގަނޑަކަށް 3،000ރ. ހުންނާނެ ކަމަށް ތިޖޫރީ އާއި ހަވާލުވެގެން ތިބޭ މުވައްޒަފުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސްތަކުންނާއި ގެތަކުން ވައްކަން ކުރާކަމީ އަބަދުވެސް އަޑުއިވޭ ވާހަކައެވެ. ބައެއް މައްސަލަތަކުގައި ވައްކަން ކޮށްފައިވާ ފައިސާ އާއި މުދާ ހޯދައި އެކަންކުރި މީހުން ހައްޔަރު ކުރާ ނަމަވެސް، ބައެއް ފަހަރު ގެއްލޭ މުދާތައް ނުހޯދިވެސް ދެއެވެ.