English Edition
Dhivehi Edition
މާލޭގައި ހުޅުވި ބީއެމްއެލްގެ އެކައުންޓް އޯޕެނިންގ އެންޑް ލޯން ސެންޓަރ - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

މި ހަފްތާގައި ބޭންކް ބަންދު ނަމަވެސް އޮންލައިންކޮށް އަސާސީ ޚިދުމަތްތައް ލިބޭނެ ކަމަށް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އޭޕްރީލް 19 އަދި 20 ވަނަ ދުވަހު ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުން، އަދި ލޯކަލް ބޭންކް ޓްރާންސްފަރ ފަދަ އަސާސީ ބޭންކިންގ ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ. އަދި ޕޭރޯލްގެ ޚިދުމަތަށް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާއި،
ހެނދުނު 00.11 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

އަދި އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާއި، ހެނދުނު 11:30ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ހެނދުނު 10:00ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، 11:30ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، 11:30ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓްވެސް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށާއި، ހުއްދަ ލިބިފައިވާ ފަރާތްތަކަށް
ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާއި، އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

“އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ އަޅުގަނޑުމެންގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށެވެ. ހެލްތް
ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ފުރަބަންދުގެ މުއްދަތުގައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް
ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް މިވަނީ ބަންދުކޮށްފައެވެ.”، ބީއެމްއެލް އިން ބުނެފައި ވެއެވެ.