ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް)ގެ ވަޒީފާގައި މަސައްކަތް ކުރެއްވުމަށްފަހު ރިޓަޔާވެފައިވާ ފަރާތްތަކަށް ވޮލަންޓިއާކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން ހިންގާ އޮޕަރޭޝަނަށް ވޮލަންޓިއާ ކުރުމގުެ ފުރުސަތު މިލިޓަރީ ވެޓެރަންސްއަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަަސައްކަތްކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 3322496 ނުވަތަ 3323708 އަށް ގުޅުއްވައިގެން ނުވަތަ ނަމާއި ނަންބަރު [email protected] އަށް އީމެއިލް ކުރެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އެމްއެންޑީއެފުން ބޮޑު އަޮޕަރޭޝަނަށް ކުރިއަށްގެންދާއިރު، ސިފައިންގެ އެލާޓް ލެވެލް ވަނީ ބްލޫ އަށް މަތިކޮށްފަ އެވެ. އަދި އޭގެ ދަށުން ހުރިހާ ސިފައިން އޮޕަރޭޝަނަށް ނެރެފައިވާއިރު، ހުރިހާ ސިފައިންވެސް މި ޙާލަތުގައި ހެޑްކުއާޓަރުތަކުގައި ތިބުމަށާއި، އާއިލާތަކާއި އެއްނުވުމަށްވެސް ވަނީ އަންގައިފަ އެވެ.
މާލޭގައިވެސް މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް 14 މީހަކު ވަނީ އެ ބައްޔަށް މާލެއިން ޕޮޒިޓިވްވެފަ އެވެ.