English Edition
Dhivehi Edition
ހިތަދީއަށް އައި ލޯންޗްގައި ތިބި ރީތިރަށްރިސޯޓްގެ މުވައްޒަފުން

ސްޕީޑް ބޯޓެއްގައި އައްޑޫސިޓީއަށް އައި ބަޔަކު އެސިޓީއަށް ނޭރުވިއެވެ. މިއަދު ހެނދުނު 6 ޖެހީއްސުރެން ފެށިގެން މިވަގުތާއި ޖެހެންދެންވެސް އައްޑޫސިޓީ ހިތަދޫއަށް ލޯންޗެއްގައި އައި މިމީހުން ރަށަށް ނޭރުވުމުން ލޯންޗް ހިތަދޫ ބަނދަރާއި ދިމާލަށް ބޭރުގައި މަޑުކޮށްގެން އެބައޮތެވެ.

މިއީ ރީތިރަށް ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރިފަހުން 14 ދުވަހުގެ ކަރަންޓީނަކަށްފަހު ފުރި އެރިސޯޓުގެ މުވައްޒަފުންތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިލޯންޗް މިއަދު ހިތަދޫ ބަނދަރާ ކައިރި ކުރުމުން ފުލުހުން ވަނީ އޭގައި ތިބި މީހުން ރަށަށް ފޭބުން ހުއްޓުވާފައެވެ.

ރީތި ރަށް ރިސޯޓުން އައި ލޯންޗް ހިތަދޫ ބަނދަރުގައިރީ ދުއްވަނީ

 

މުޅި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އެރުން މަނާ ކުރެވިފައިވާ މި ދަނޑިވަޅު މިފަދަ އެއްވެސް އުޅަނދަކުން އަންނަ ބަޔަކަށް ރަށަށް ނޭރޭނެ ކަމަށް އައްޑޫސިޓި ކައުންސިލުން ވަނީ އަންގާފައެވެ.

މިލޯންޗް ހުޅުދޫމީދޫއަށް ވެސް ކައިރި ކުރި ކަމަށް ވެއެވެ. އެހެންނަމަވެސް އެދެރަށުންވެސް އެކަމުގެ ހުއްދަ ނުލިބުމުން ވަނީ އަނބުރާ ހިތަދޫ ބަނދަރަށް އައިސްފައެވެ. ފުލުހުން ގެންދަވަނީ ލޯންޗްގައި ތިބި މީހުންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ކެއިން ބުއިމާއި އެނޫންވެސް ބޭނުންވާ ކަންކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގައި އެކުލަވާ ލެވިފައިވާ ގަވާޢިދު ތަންދޭ ގޮތުން މި ގޮތަށް ރަށަށް އަންނަ ހުރިހާ އެންމެން ވެސް ގެންދެވޭނީ 14 ދުވަހަށް އައްޑޫސިޓީގައި ޤާއިމް ކުރެވިފައިވާ ކަރަންޓީން ފެސިލިޓީ ތަކަށެވެ.

 

މިކަމާއި ގުޅޭގޮތުން އައްޑޫސިޓިގެ މޭޔަރ ޢަބްދުﷲ ސާދިޤު ވިދާޅުވީ ނަގަން ޖެހޭ ހުއްދަ ނުނަގާ އައުމުން މި ފަދަ ގޮތެއް އެ ލޯންޗަށް ދިމާވެފައިވާ ކަމަށާއި ހުއްދަ ހިފައިގެން އައުމުން އައްޑޫސިޓީއަށް ކްލިއަރެންސް ހަމަޖައްސައިދެވޭނެ ކަމަށެވެ.

2 ކޮމެންޓް
އަންބޮނޑި
އޭޕްރީލް 19, 2020
ރީތިރަށުގަ އަދިވެސް ގެސްޓުން އަބަތިބި
އައްޑު ދަރިއެއް ޔޫކޭއިން
އޭޕްރީލް 18, 2020
އަދި ކިރިޔާ ރައިޔަތުންނަށް މަންފާ ހުރިކަމެއް ތިކުރީ ގަޓް ހުރެގެން.. އިންޑިޔާ ސިފައިންވެސް ތިހެންހަދާ ފަ ރަށުންބާލަބަލަ.. އެމީހުން އަހަރުމެން މަރާދުވަސް އަންނާނެ.. އިންޑިޔާމީހުން ކަށްމީރު މުސްލިމުންނާއި އެމީހުނގެ ތެރޭގައި ތިބި މުސްލިމުންނާއި މެދު ކަންކުރާގޮތަށް ބަލައި، ބޭރުގެ ޖާރނަލިސްޓުންނަށް އެމަންޒަރު ތަޞައްވަރުކުރެވޭ އިރުވެސް ކީއްވެ ތޯ އައްޑޫ ބޭކަލުން މަޑުން ތިއްބަވަނީ.. އަންނި ޖަހާ ކޮންމެ ރޮކެޓެއްގެ ދަށުނުވެ ރަށް ސަލާމަތް ކުރޭ މުސްތަޤްބަލު ހަލާކުވިޔަ ނުދެއްވާ.. އަންނި އެއް ނުހުންނާނެ ކަމެއް ޖެހޭއިރަކު.. އެކަން މިހާރުވެސް ވަރަށް ސާފުދޮއްތޯ.. ވައިރަސް ކަންތައް ހަމަ ބޮޑުވެ ނުކުޅަދާނަވާހެން ހީވާއިރަށް އެގެއްލުނީ.. އޭގެ ކުރީން "ހުންނައަންނަނީސް ރަޖާލާކަށް ނުޖެހެޔޭ" މަޖިލިސްބާއްވާކަށް ހުރަހެއް ނެތޭ ކިޔާ އެމްނަށް ޖޯކުޖަހަމުން އުޅުނު.. ޔާމީނަކަށް އަންނިއަކަށް ވާނީ ހަމަ އެއްތާކު.. އެމީހުން ރައްކާވާނެ ފައިސާ ގަނޑައި އެކު އަހރުމެން ރަށުމީހުން އިންޑިޔާ މިލްޓްރީ ގެ އަށް ދަށަށް ދޫކޮށްފައި.. ޕްލީޒް.. ރައިޔަތުންނަށް ވިސްނަދީގެން މިކަމާއި ގައުމީ ފެންވަރެއްގައި އުޅެދެއެއްވާ.. ވަހީދު ހަސަން މަނިކު ހެއްދެވިގޮތަށް.. ރައިޔަތުން ނެރޭ.. އެއަރ ޕޯޓު ހޯދަންވެސް ޖެއްސީ އެރޮކެޓް.. ސޯ އަހަރުމެން އައްޑޫ މީހުންވެސް އެ އުކުޅު ބޭނުންކުރަން ވީ ނުންތޯ؟ މޭޔަރ ޔޫ ޖަސްޓް ހޭވެ ލީޑް ޕަބްލިކް.. ތިބޭފުޅާ މީހުންނަށް ވިސްނަދީ.. އޮފް ދަ ޓޭބަލްގަ.. ނުރަސްމީގޮތުން.. ވިޔަސް މިކަން ކުރައްވާ..